ކުރީގެ ސަރުކާރުތަކުންވެސް އަދި މިސަރުކާރުންވެސް ދަރަނި ނަގާފައި ހުރީ ދައުލަތުގެ އެއްވެސް އެސެޓެއް ރަހުނުކުރުމަކާއި ނުލައިކަމަށް ފިނޭންސް މިނިސްޓަރ އަހުމަދު އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ ޗައިނާގެ ލޯނުތަކަކީ ދަރަނި ދަންތުރައެއް ކަމަށް ބުނެ ދައްކާ ވާހަކަތަކާއި ގުޅިގެން މަޖިލިސް މެމްބަރު ކުރިސުވާލަކަށް މާލިއްޔަތު ކޮމިޓީގައި މިއަދު ޖަވާބު ދެއްވަމުންނެވެ.
މިނިސްްޓަރ އަމީރު ވިދާޅުވީ ދަރަނީގެ ތަފްސީލްތަކަށް ބަލާއިރު ރާއްޖެއަކީ ވަރަށް ނަސީބު ގަދަ ގައުމެއްކަމަށެވެ. އެހެން ގައުމުތަކުން ދަރަނި ނަގާއިރު އެސެޓް މޯގޭޖްކޮށްފައި ހުރިނަމަވެސް މިހާތަނަށް ދިވެހި ހުރިހާ ސަރުކާރަކުންވެސް ނަގާފައިވާ ހުރިހާ ލޯނަކީވެސް ރަހުނެއްނެތި ނަގާފައިވާ ލޯނުކަމަށް މިނިސްްޓަރ ވިދާޅުވިއެވެ.
"އޭގެ މާނައަކީ އަޅުގަންމެން ދަރަނި ނުދެއްކޭ ހާލަތަކަށް ދިޔަސް، ބަޔަކު އައިސް އަޅުގަނޑުމެންގެ ގައުމުން ގެންދާނެ އެއްޗެއް ރަހުނުކޮށްފައެއް ނެތޭ." އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު ރަހުނުކޮށްފައި ލޯނު ދިނުމަށް ގިނަ ހުށަހެޅުންތަކެއް ލިބިފައިވާކަމަށެވެ.
"ބައެއް ފަރާތްތަކުން އައިސް އެބަބުނޭ މިވެނި އެއްޗެއް މޯގޭޖްކޮށްފައި މިވެނި އަދަދަކަށް ފައިސާ ދީފާނަމޭ. 250 މިލިއަން ޑޮލަރު ނުވަތަ 300 މިލިއަން ޑޮލަރު.. ނަމަވެސް ސަރުކާރުން އަބަދުވެސް ގެންގުޅޭ ސިޔާސަތަކީ، އިގްތިސާދަށް ބަލާފައި ލޯނު ނެގުން. އެއްވެސް ވަރަކަށް އެސެޓް ރަހުނުކޮށްފައި ލޯނު ނެގުމުގެ ސިޔާސަތެއް ނެތް." އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ޗައިނާ ލޯނަކީ ދަރަނި ދަންތުރައެއްކަމަށް ބުނާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ. އަދި ރާއްޖެއިން ލޯނު ނަގާއިރު އަބަދުވެސް ބަލާފައިވަނީ ވީހާވެސް ކުޑަ އިންޓަރެސްޓެއްގައި ދަރަނި އަދާކުރެވޭނެ ގޮތަކަށް ލޯނު ނެގުމަށްކަމަށް އަމީރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ ގަވާއިދުން، ދައްކަންޖެހޭ ތާރީހުތަކަށް ލޯނުތައް ދައްކަމުންދާ ގައުމެއްކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ދަރަނި ގަވާއިދުން ދައްކަމުންދާނެކަމަށެވެ. އަދި ދަރަނި ރީ-ސްޓްރަކްޗަރ ކުރަންޖެހޭ ފަދަ އެއްވެސް ހާލަތެއް ނެތްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެެ.
"2019 ގައި އޮތީ ދަރަނި ރީ-ސްޓްރަކްޗަރ ކުރަންޖެހޭ ފަދަ ހާލަތެއްގައިތޯ. ރާއްޖެ އޭރު ވެސް އޮތީ ޑެފިސިޓް ބަޖެޓަކާއެކުވެސް ބަރާބަރަށް ދަރަނި އަދާކުރެވޭ ފަދަ ހާލަތެއްގައި. ލިބޭ އާމްދަނީއާ ބަލާއިރު ދަރަނި ދައްކަންޖެހޭނީ 12 ވަރަކަށް ޕަސަންޓް. 25 ޕަސަންޓަށް ވުރެ މަތިވީމަ ކަންބޮޑުވާންޖެހޭނީ." އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ 2019 ވަނަ އަހަރު ދަރަނި ރީ-ސްޓްރަކްޗަރ ކުރިނަމަ ދިމާވާނޭ ޖޮންޖެހުންތަައް ބޮޑުވާނެކަމަށެވެ. އެގޮތުން މަޝްރޫއުތައް ހުއްޓި، އިންވެސްޓްމަންޓް ނުލިބި، ކްރެޑިޓް ރޭޓިންގ ދަށަށް ގޮސް، ޑެފިސިޓް ފޫބައްދަން ދަރަނި ހޯދަންވެސް ދަތިވާނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
"ކޯވިޑާއެކު ދަރަނި ނަގަން ޖެހުނުކަން އެއީ އެންމެންވެސް ގަބޫލުކުރަންޖެހޭކަމެއް. ދަރަނި ނަގައިގެން މަސައްކަތްތަކެއް ކުރީމަ މިއަދު ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން މިދަނީ. ހުރިހާ އިގްތިސާދީ ސިނާއަތްތައް ކޮޅަށްޖެހި، މިއަހަރުވެސް 8 ވަރަކަށް އިންސައްތައިން ކުރިއަރާނެކަމަށް މާލީ އިދާރާތަކުން ލަފާ ކުރަނީވެސް ދަރަނި ނަގައިގެން ކުރި މަސައްކަތްތަކުން." އަމީރު ވިދާޅުވިއެވެެ.
އަމީރު ވިދާޅުވީ މިއަދުގެ ހާލަތަށް ބަލާއިރުވެސް ދަރަނި ރީ-ސްޓްރަކްޗަރ ކުރަންޖެހޭފަދަ ހާލަތެއް ނެތްކަމަށެވެ. އަދި ދަރަނި ދެއްކެން ނެތިގެން ދަރަނި ރީ-ސްޓްރަކްޗަރ ކުރާ ވާހަކަ ދައްކާ ހިސާބުން ރާއްޖެއަށް ދަރަނި ލިބޭނެ ގޮތެއްވެސް ނޯންނާނެކަމަށް އަމީރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ ރާއްޖެ އޮތީ ގައުމީ އުފެއްދުންތެރިކަން އިތުރުކުރަމުން، ދަރަނި ބަރާބަރަށް ދެއްކޭ ހާލަތުގައިކަމަށެވެ.

ދައުލަތުގެ ދަރަނި އަދި ދަރަނި މެނޭޖްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން މިނިސްޓްރީ އޮފް ފިނޭންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބޭފުޅުންނާ ބައްދަލުކުރުން pic.twitter.com/bRyeVlEbqS
— People's Majlis (@mvpeoplesmajlis) June 13, 2022
އަމީރު ވިދާޅުވީ ޗައިނާ ލޯނަކީ ދަރަނި ދަންތުރައެއްކަމަށް ބުނާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ. އަދި ރާއްޖެއިން ލޯނު ނަގާއިރު އަބަދުވެސް ބަލާފައިވަނީ ވީހާވެސް ކުޑަ އިންޓަރެސްޓެއްގައި ދަރަނި އަދާކުރެވޭނެ ގޮތަކަށް ލޯނު ނެގުމަށްކަމަށް އަމީރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ ގަވާއިދުން، ދައްކަންޖެހޭ ތާރީހުތަކަށް ލޯނުތައް ދައްކަމުންދާ ގައުމެއްކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ދަރަނި ގަވާއިދުން ދައްކަމުންދާނެކަމަށެވެ. އަދި ދަރަނި ރީ-ސްޓްރަކްޗަރ ކުރަންޖެހޭ ފަދަ އެއްވެސް ހާލަތެއް ނެތްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެެ.
"2019 ގައި އޮތީ ދަރަނި ރީ-ސްޓްރަކްޗަރ ކުރަންޖެހޭ ފަދަ ހާލަތެއްގައިތޯ. ރާއްޖެ އޭރު ވެސް އޮތީ ޑެފިސިޓް ބަޖެޓަކާއެކުވެސް ބަރާބަރަށް ދަރަނި އަދާކުރެވޭ ފަދަ ހާލަތެއްގައި. ލިބޭ އާމްދަނީއާ ބަލާއިރު ދަރަނި ދައްކަންޖެހޭނީ 12 ވަރަކަށް ޕަސަންޓް. 25 ޕަސަންޓަށް ވުރެ މަތިވީމަ ކަންބޮޑުވާންޖެހޭނީ." އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ 2019 ވަނަ އަހަރު ދަރަނި ރީ-ސްޓްރަކްޗަރ ކުރިނަމަ ދިމާވާނޭ ޖޮންޖެހުންތަައް ބޮޑުވާނެކަމަށެވެ. އެގޮތުން މަޝްރޫއުތައް ހުއްޓި، އިންވެސްޓްމަންޓް ނުލިބި، ކްރެޑިޓް ރޭޓިންގ ދަށަށް ގޮސް، ޑެފިސިޓް ފޫބައްދަން ދަރަނި ހޯދަންވެސް ދަތިވާނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
"ކޯވިޑާއެކު ދަރަނި ނަގަން ޖެހުނުކަން އެއީ އެންމެންވެސް ގަބޫލުކުރަންޖެހޭކަމެއް. ދަރަނި ނަގައިގެން މަސައްކަތްތަކެއް ކުރީމަ މިއަދު ރާއްޖޭގެ އިގްތިސާދު ކުރިއަރަމުން މިދަނީ. ހުރިހާ އިގްތިސާދީ ސިނާއަތްތައް ކޮޅަށްޖެހި، މިއަހަރުވެސް 8 ވަރަކަށް އިންސައްތައިން ކުރިއަރާނެކަމަށް މާލީ އިދާރާތަކުން ލަފާ ކުރަނީވެސް ދަރަނި ނަގައިގެން ކުރި މަސައްކަތްތަކުން." އަމީރު ވިދާޅުވިއެވެެ.
އަމީރު ވިދާޅުވީ މިއަދުގެ ހާލަތަށް ބަލާއިރުވެސް ދަރަނި ރީ-ސްޓްރަކްޗަރ ކުރަންޖެހޭފަދަ ހާލަތެއް ނެތްކަމަށެވެ. އަދި ދަރަނި ދެއްކެން ނެތިގެން ދަރަނި ރީ-ސްޓްރަކްޗަރ ކުރާ ވާހަކަ ދައްކާ ހިސާބުން ރާއްޖެއަށް ދަރަނި ލިބޭނެ ގޮތެއްވެސް ނޯންނާނެކަމަށް އަމީރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ ރާއްޖެ އޮތީ ގައުމީ އުފެއްދުންތެރިކަން އިތުރުކުރަމުން، ދަރަނި ބަރާބަރަށް ދެއްކޭ ހާލަތުގައިކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު