ސިއްޙަތާބެހޭ ވަޒީރު އަޙްމަދު ނަސީމް
ސިއްޙަތާބެހޭ ވަޒީރު އަޙްމަދު ނަސީމް
މަނަދޫ ހޮސްޕިޓަލްގެ މަސައްކަތް މިމަހު ބީލަމަށް ލާނެ ކަމަށް ޞިއްޙަތާބެހޭ ވަޒީރު އަޙްމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން މަނަދޫ ހޮސްޕިޓަލުގެ މަސައްކަތާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2020 ވަނަ އަހަރު ޓެންޑާ ކުރެއްވި ކަމަށެވެ. ނަމަވެސް އެކަން ކުރުމަށް ހުށަހަޅާފައިވާ އަގުތައް ބޮޑުވުމުން މަސައްކަތް ކުރިއަށް ގެންދެވިފައިނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެ މަޝްރޫއަށް ބޭނުންވާ ފައިސާ ބޭންކް އޮފް މޯލްޑިވެސްގެ ފައިނޭންސްގެ ދަށުން މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ޖޫން މަސް ނިމުމުގެ ކުރިން މަނަދޫ ހޮސްޕިޓަލްގެ މަސައްކަތް ޓެންޑާ ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި މިނިސްޓަރ އިތުރަށް ވިދާޅުވީ މަނަދޫ އަތޮޅު ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން ހޮސްޕިޓަލުގައި ހަ އޯޕީޑީ ރޫމާއި ލެބޯޓްރީއެއް އިމާރާތް ކުރުމުގެ މަސައްކަތް މިހާރުވެސް ނިމިފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން