ޖުޑީޝަލް ސަރވިސް ކޮމިޝަން ޖޭއެސްސީ އިސްލާޙުކުރުމަށް ތިން ވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިޤެވެ. މިއީ މެންބަރު ޠާރިޤެ މި ބިލު މަޖިލީހަށް ހުށައެޅުއްވި ތިން ވަނަ ފަހަރެވެ.
މި ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.
ޠާރިޤު އިސްލާހު ހުށަހެޅުއްވީ ޖޭއެސްސީގައި މަޖިލީހުގެ ރައީސާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ނުހިމެނޭގޮތަށެވެ.
މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ރައީސް ޞާލިޙު ވައުދުވެވަޑައިގެންނެވި ބަދަލުތައް ޖޭއެސްސީއަށް ގެނައުމަށް ޓޮމްވަނީ މަޖިލީހަށް ބިލް ހުށަހަޅުއްވާފައެވެ. ނަމަވެސް ދެ ފަހަރު މަތިންވެސް އެމްޑީޕީ މެންބަރުންގެ ތާއީދު އެ ބިލަށް ލިބިފައެއް ނުވެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖޭއެސްސީގެ އެކުލެވުން ބަދަލުކޮށް އެ ކޮމިޝަނަކީ ތިން އަހަރުގެ ދައުރަކަށް ހޮވާ ކޮމިޝަނެއްކަމަށް ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ ކޮމިޝަނުގައި ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުން ނުހިމެނޭ ގޮތަށް ކޮމިޝަން ބައްޓަންކުރައްވާނެ ކަމަށް ރައީސް ޞާލިޙު އޭރު ވައުދުވެވަޑައިގެންފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު