ޔޯގާ ހަރަކާތަށް ދިން ހަމަލާ އެމްޑީޕީން ކުށްވެރިކޮށްފިއެވެ.
ދިވެހި ރައްޔިތުންގެ ޕާޓީ (އެމް.ޑީ.ޕީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް ޤައުމީ ސްޓޭޑިއަމްގައި މިއަދު ހެނދުނު ހިންގި ހަރަކާތަށް ހުރަސްއަޅާ، ބައިވެރިންނަށް ހަމާލާދިން ބިރުވެރި ޢަމަލު، އެޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
“މިބާވަތުގެ ނުބައި އަދި އަނިޔާވެރި ޢަމަލުތަކަކީ، އަޅުގަނޑުމެންފަދަ ޞުލްޙަވެރި ޑިމޮކްރެޓިކް މުޖުތަމަޢެއްގައި އެއްވެސް ޖާގައެއް އޮތް ކަމެއް ކަމަކަށް މި ޕާޓީ އަކުން ނުދެކެމެވެ.” އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެމަްޑީޕީން ވަނީ މި މައްސަލައިގެ ސީރިއަސް ތަޙުޤީޤެއް ފެށުމަށް ސަރުކާރުން ނިންމެވި ނިންމެވުމަށް މަރުޙަބާ ކިޔާފައެވެ. އަދި މިހާތަނަށް ހައްޔަރުކުރެވުނު މީހުން ވެސް ހިމެނޭގޮތަށް، މިކަމަށް ޒިންމާވާ ފަރާތްތަކާމެދު އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އުންމީދުކުރާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
އަދި ހަމަ އެހެންމެ، 2015 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ޔޯގާ ދުވަސް މި ޤައުމުގައި ފާހަގަކުރަމުން އަންނަކަންވެސް އެމްޑީޕގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު