މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމުގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ބައިވެރިވުމެއް އޮތްނަމަ އެ ޕާޓީއަކަށް ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެ ހަރަކާތަށް ހުރަސް އަޅައި، އެ ހަރަކާތުގައި ބައިވެރިވި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ހަމަނުޖެހުން ހިންގާފައިވާތީ އެކަން ކުށްވެރިކޮށްފައެވެ. އަދި މި މައްސަލާގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ބައިވެރިވުމެއް އޮތްކަން ފުލުހުންގެ ތަހުގީގަށް ސާބިތުވެއްޖެނަމަ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުގެމަތިން އެ ޕާޓީއަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އީސީން ބުނެފައިވެއެވެ.
އީސީން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ޔޫތު މިނިސްޓަރު މަހުލޫފް ވަނީ، މިއަދުގެ ހަމަނުޖެހުން ހިންގުމުގައި އިދިކޮޅު ޕީޕީއެމްގެ ހިއްސާ އޮތްކަމަށް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް ޕީޕީއެމުން އެކަން ދޮގު ކުރެއެވެ.
މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައިވެސް އެހަމަނުޖެބުމުގައި ޕީޕީއެމް ބައިވެރިވާކަން ހާމަވާ ފަދަ އިބާރާތްތަކެއް ހިމެނެއެވެ.
މިއަދު ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރުމުގެ ތެރޭގައި، މިނިސްޓަރު މަހުލޫފްގެ އިތުރުން، އިންޑިއާގެ ހައި ކޮމިޝަނަރާއި، އދ. ގެ އެމްބެސެޑަރުންވެސް ބައިވެރިވެވަޑައިގެން ތިއްބަވަނިކޮށް ބަޔަކު ވަދެ ހަމަނުޖެހުންތަކެއް ހިންގާފައިވަނީ، ޔޯގާ އަކީ، އިސްލާމް ދީނާއި ހިލާފު އަމަލެއް ކަމަށް ގޮވަމުންނެވެ.

2022 ޖޫން 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި، ކުރިޔަށް ގެންދިޔަ ހަރަކާތަށް ހުރަސްއަޅައި، ހިންގި ހަމަނުޖެހުން ކުށްވެރިކޮށް ނެރުއްވާފައިވާ ނޫސްބަޔާން. pic.twitter.com/OTqt1NZrvW
— Elections Commission (@ElectionsMv) June 21, 2022
މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައިވެސް އެހަމަނުޖެބުމުގައި ޕީޕީއެމް ބައިވެރިވާކަން ހާމަވާ ފަދަ އިބާރާތްތަކެއް ހިމެނެއެވެ.
މިއަދު ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރުމުގެ ތެރޭގައި، މިނިސްޓަރު މަހުލޫފްގެ އިތުރުން، އިންޑިއާގެ ހައި ކޮމިޝަނަރާއި، އދ. ގެ އެމްބެސެޑަރުންވެސް ބައިވެރިވެވަޑައިގެން ތިއްބަވަނިކޮށް ބަޔަކު ވަދެ ހަމަނުޖެހުންތަކެއް ހިންގާފައިވަނީ، ޔޯގާ އަކީ، އިސްލާމް ދީނާއި ހިލާފު އަމަލެއް ކަމަށް ގޮވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު