ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލާ، މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކުރިޔަށް ގެންދަވާ "އާސްކް ސްޕީކަރ" ގެ 5 ވަނަ ޕްރޮގްރާމް މިމަހު 30 ގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ''އާސްކް ސްޕީކަރ'' ގެ 5 ވަނަ ޕްރޮގުރާމް މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 9:00 ގައި ބޭއްވުމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނިންމަވާފައިވާ ކަމަށެވެ.
ރައްޔިތުންގެ ސުވާލުތަކަށް އެމަނިކުފާނު ވަގުތުން ޖަވާބު ދެއްވާ މި ޕްރޮގްރާމް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ސްޓޫޑިއޯގައި ކުރިޔަށް ގެންދަން ހަމަޖެހިފައިވާއިރު، ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުންނާއި، މަޖިލީހުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމަށް ސުވާލު ފޮނުވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ސުވާލު ފޯނުން ވީޑިއޯ ކުރުމަށްފަހު ނުވަތަ މެސެޖު މެދުވެރިކޮށްވެސް ފޮނުވުމުގެ ފުރުސަތު މަޖިލީހުގެ އިދާރާއިންވަނީ ހުޅުވާލާފައެވެ. އަދި މި ޕްރޮގުރާމުގައި ލައިވްކޮށް ސުވާލުކުރަން ބޭނުންވާ މީހުންނަށް ނަންނޯޓު ކުރުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 2:00 އާއި ހަމައަށްވަނީ ހުޅުވާލާފައެވެ.
ޕްރޮގްރާމުގައި ވަގުތުން ސުވާލު ކުރަން ބޭނުންވާ ފަރާތްތަކުން މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަމްބަރަށް އެސްއެމްއެސް ކުރުމަށާއި އަދި ސޯޝަލް މީޑިއާގައި ސުވާލު ކުރަން ބޭނުންވާ ފަރާތްތަކުން ސުވާލު ޕޯސްޓު ކުރާއިރު، އާސްކް ސްޕީކާ ހޭޝްޓެގް ބޭނުންކުރުމަށް މަޖިލީހުގެ އިދާރާއިން އެދެއެވެ.

"އާސްކް ސްޕީކަރ"ގެ 5ވަނަ ޕްރޮގްރާމް ބޭއްވެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިންމަވައިފި pic.twitter.com/F1c5JL6Q6t
— People's Majlis (@mvpeoplesmajlis) June 21, 2022
ޕްރޮގްރާމުގައި ވަގުތުން ސުވާލު ކުރަން ބޭނުންވާ ފަރާތްތަކުން މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަމްބަރަށް އެސްއެމްއެސް ކުރުމަށާއި އަދި ސޯޝަލް މީޑިއާގައި ސުވާލު ކުރަން ބޭނުންވާ ފަރާތްތަކުން ސުވާލު ޕޯސްޓު ކުރާއިރު، އާސްކް ސްޕީކާ ހޭޝްޓެގް ބޭނުންކުރުމަށް މަޖިލީހުގެ އިދާރާއިން އެދެއެވެ.
ކިޔުންތެރިންގެ ހިޔާލު