2009 ވަނަ އަހަރު ހުޅުވި އައްޑޫ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ވިއްކާލަން އިޢުލާނު ކޮށްފިއެވެ.
ކޮވިޑާ ގުޅިގެން އައްޑުއަތޮޅު ޝަންގްރިއްލާ ބަންދުކޮށްފައިވަނީ 2020 ގެ މެދު ތެރޭގައެވެ. ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ 284 އެނދުގެ ޝަންގްރިއްލާ ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަަމަށް ތަކުރާރުކޮށް ބުނަމުންދިޔަ ނަމަވެސް އެކަން ލަސްވަމުންދާތީ އައްޑޫގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ. ދާދިފަހުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވީ ޖުމްލަ 132 ވޯޓާ ވިލާގެ ޝަންގްރިއްލާ ރިސޯޓް ހުޅުވުމަށް އޮތް ހުރަހަކީ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެކު ސަރުކާރުން ވެފައި އޮތް އެއްބަސްވުން ކަމަށެވެ.
ޝަންގްރިއްލާ ރިސޯޓްގެ 70 އިންސައްތަ ހިއްސާދާރު ކަމަށްވާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ރިސޯޓް ވިއްކާލުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެމެރިކާގެ ސީބީއާރުއީ ގްރޫޕާއެވެ. އެގްރޫޕުން މި މަހުގެ 7 ވަނަ ދުވަހު ކުރި އިއުލާނުގައި ވަނީ އެ ރިސޯޓް ގަންނަ ފަރާތަކަށް ރިސޯޓާ އިންވެގެން އޮންނަ ކުޑަ ފަޅު ރަށެއް ވެސް ޕްރައިވެޓް އައިލެންޑެއް ތަރައްގީކުރުމަށް ސަރުކާރުން ކުއްޔަށް ދޫކުރުމަށް ނިންމައިފައިވާ ކަމަށެވެ. އޭގެ އިތުރުން ފަސް ކޮޓަރީގެ ވޯޓާ ވިލާތަކެއް އެ ރިސޯޓްގައި ތަރައްގީ ކުރެވޭނެ ކަމަށާއި 2105 ވަނަ އަހަރަށް ކުލީގެ މުއްދަތު ހަމަވާ އެރިސޯޓް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުމުގެ ފުރުސަތުވެސް އޮތް ކަމަށެވެ.
ދާދިފަހުން ޑރ. މައުސޫމް ވިދާޅުވީ ރިސޯޓްތަކުގައި އޮންނަ ސަރުކާރުގެ ހިއްސާ ބަދަލު ކުރެވޭގޮތަށް މަޖިލީޙުން ފާސްކޮށްފިނަމަ ޝަންގްރިއްލާ ހުޅުވޭނެ ކަމަށެވެ. އެގޮތުން ޝަންގްރިއްލާ ރިސޯޓްގެ ހިއްސާ ދޫކޮށްލަން 80 މިލިއަން ޑޮލަރު ސަރުކާރުން ދައްކަން ޖެހޭ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.
ޝަންގްރިއްލާ ރިސޯޓް މާ ލަސްތަކެއް ނުވެ ހުޅުވޭނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިދިޔަ މާޗު މަހު ވަނީ ވިދާޅުވެފައެވެ. އައްޑުއަށް ދާދިފަހުން ކުރެއްވި ދަތުރުފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނައުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެ އިންވެސްޓްމެންޓަކީ ސަރުކާރުގެ 30 ޕަސެންޓް އަދި އެހެން ބައެއްގެ 70 ޕަސެންޓާއެކު ކޮށްފައި އޮތް އިންވެސްޓްމެންޓެއް ކަމަށާއި އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު