ދިވެހި ސަރުކާރުން 299 މިލިއަން ރުފިޔާ (18.4 މިލިއަން ޔޫރޯ) ގެ ލޯނެއް ނަގައިފިއެވެ.

މިއީ ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ)އިން ނެގި ލޯނެކެެވެ. މި ލޯން އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. ފިނޭންސް މިނިސްޓްރީން ބުނީ މި ލޯނަކީ އަތޮޅު ތެރޭގައި ނޭޝަނަލް ހެލްތް ލެބޯޓްރީ އާއި އައިސޮލޭޝަން ފެސިލިޓީތައް ގާއިމް ކުރުމަށް ނެގި ލޯނެއް ކަަމަށެވެ.




މިކަމާއި ގުޅިގެން ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވީ، އެކަމުން ސިއްހީ ނިޒާމަށް ދިމާވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބިގެން ދާނެ ކަމަށެވެ.

ސަރުކާރުން 299 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވާއިރު، ދާދި ފަހުން 101 މިލިއަން ޔޫރޯ (1.6 ބިލިއަން ރުފިޔާ) ގެ ލޯނެއްވެސް ސަރުކާރުން ނެގިއެވެ. އެ ލޯނަކީ ކ. ގުޅީފަޅު ބިން ހިއްކުމުގެ މަސައްކަތަށް ނެގި ލޯނެކެވެ.

ކިޔުންތެރިންގެ ހިޔާލު