މާލެއިން ގޯތި ދޫކުރުމުގައި މާލޭ ރަށްވެހިން މާނަކޮށްފައިވާ މާއްދާ ބާތިލުކުރަން ހައި ކޯޓަށް ހުށައެޅުމަށް ޤާނޫނީ ވަކީލަކު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ސަރުކާރުން އިއްޔެ ވަނީ ހުޅުވާލައިފައެވެ. މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރަނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް"އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ.
މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން ސަރުކާރުން އިއުލާނުކޮށްފައިވާ ބިންވެރިޔާ ސްކީމުގެ ދަށުން 3,000 ގޯތި ދޫކުރުމުގެ އުސޫލެއް ހައުސިން މިނިސްޓްރީން ވަނީ ޢާއްމުކޮށްފައެވެ. އެ އުސޫލުގައިވާ ގޮތުން މާލޭގެ ރައްޔިތެއް ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީ ޖެހިފައިނުވާ ފަރާތްތަކަށެވެ.
އެކަމާ ގުޅިގެން ޤާނޫނީ ވަކީލް ޝިހާދު އިބްރާހިމް ވިދާޅުވީ މާލޭ ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ކޮންމެ މީހަކީ މާލޭ ރައްވެއްސެއް ކަމަށެވެ. އެހެން ކަމުން ވަކިކަމެއްގައި މާލޭ ރައްޔިތުކަން ވަކިގޮތަކަށް މާނަކޮށް ހައްޤުތައް ހަނި ނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"މިމާއްދާ ބާތިލު ކުރުމަށް ހައިކޯޓަށް ހުށަހެޅުމަށް ނިންމައިފިން." ޝިހާދު ވިދާޅުވިއެވެ.
މި މައްސަލަ ކޯޓަށް ހުށައެޅުއްވުމަށް ޝިހާދު ނިންމަވާފައިވާއިރު މާލޭ ރައްޔިތުން މާނަކޮށްފައިވާ ގޮތާމެދު މީސްމީޑިއާގައިވެސް ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މައިންބަފައިންނަކީ މާލޭގެ ރަށްވެހިން ކަމުގައިވެފައި، މާލެއަށް އުފަން އަދި މާލެ ނޫން އެހެން އެއްވެސް ރަށެއްގައި ރަޖިސްޓްރީ ވެފައި ނުވާ އެތައް ބަޔަކު މަޖުބޫރީ ހާލަތަުގައި މާލޭ ރަށްވެހިންގެ ދަފުތަރުގައި ޖެހިފައި ތިބިއިރު ދަފުތަރުގައި ޖެހިފައި ތިބި ހުރިހާ މީހުންނަކީ މާލޭގެ ރަށްވެހިން ނޫން ކަމަށް ބެލުމަކީ މާލޭގެ އެތައް ރައްޔިތުންނެއްގެ ހައްގު ގެއްލޭނެ ކަމެއް ކަމުގައި ބައެއް މީހުން ބުނެފައި ވެއެވެ.
ހައުސިންގ މިނިސްޓަރ އަސްލަމް އިއްޔެ ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ވަރަށް އަވަހަށް ގުޅީފަޅަށް ބިން އިތުރުކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. ގުޅީފަޅުން ޖުމްލަ 149 ހެކްޓަރުގެ ބިން ގޯތިދޫކުރުމަށް ޚާއްސަކޮށްފައިވާއިރު އެރަށުން 49 ހެކްޓަރު ޚާއްސަކޮށްފައިވަނީ މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށްކަން މިނިސްޓަރު އަސްލަމް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް ފަސޭހަކަމާއެކީގައި 3000 ގޯތި ހުޅުމާލެއާއި ގުޅީފަޅުގެ މި ދެންނެވި ސަރަޙައްދުން ލިބިގެންދާނެ. އަދި އަޅުގަނޑަށް ޔަޤީން އަޅުގަނޑުމެން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ފައިނަލައިޒް ކުރެވިގެންދާއިރު ގޯތީގެ އަދަދު އެއަށްވުރެވެސް އިތުރުވެގެންދާނެކަމަށް." މިނިސްޓަރު ވިދާޅުވިއެވެ.

މާލޭ ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ކޮންމެ މީހަކީ މާލޭ ރައްވެއްސެއް. އެހެން ކަމުން ވަކިކަމެއްގައި މާލޭ ރައްޔިތުކަން ވަކިގޮތަކަށް މާނަކޮށް ހައްޤުތަށް ހަނި ނުކުރެވޭނެ. މިމާއްދާ ބާތިލު ކުރުމަށް ހައިކޯޓަށް ހުށަހެޅުމަށް ނިންމައިފިން.@presidencymv @MoNPHImv pic.twitter.com/KHUg9b0b8I
— Shihad Ibrahim (@SJshihad) June 26, 2022
މި މައްސަލަ ކޯޓަށް ހުށައެޅުއްވުމަށް ޝިހާދު ނިންމަވާފައިވާއިރު މާލޭ ރައްޔިތުން މާނަކޮށްފައިވާ ގޮތާމެދު މީސްމީޑިއާގައިވެސް ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މައިންބަފައިންނަކީ މާލޭގެ ރަށްވެހިން ކަމުގައިވެފައި، މާލެއަށް އުފަން އަދި މާލެ ނޫން އެހެން އެއްވެސް ރަށެއްގައި ރަޖިސްޓްރީ ވެފައި ނުވާ އެތައް ބަޔަކު މަޖުބޫރީ ހާލަތަުގައި މާލޭ ރަށްވެހިންގެ ދަފުތަރުގައި ޖެހިފައި ތިބިއިރު ދަފުތަރުގައި ޖެހިފައި ތިބި ހުރިހާ މީހުންނަކީ މާލޭގެ ރަށްވެހިން ނޫން ކަމަށް ބެލުމަކީ މާލޭގެ އެތައް ރައްޔިތުންނެއްގެ ހައްގު ގެއްލޭނެ ކަމެއް ކަމުގައި ބައެއް މީހުން ބުނެފައި ވެއެވެ.
ހައުސިންގ މިނިސްޓަރ އަސްލަމް އިއްޔެ ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ވަރަށް އަވަހަށް ގުޅީފަޅަށް ބިން އިތުރުކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. ގުޅީފަޅުން ޖުމްލަ 149 ހެކްޓަރުގެ ބިން ގޯތިދޫކުރުމަށް ޚާއްސަކޮށްފައިވާއިރު އެރަށުން 49 ހެކްޓަރު ޚާއްސަކޮށްފައިވަނީ މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށްކަން މިނިސްޓަރު އަސްލަމް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް ފަސޭހަކަމާއެކީގައި 3000 ގޯތި ހުޅުމާލެއާއި ގުޅީފަޅުގެ މި ދެންނެވި ސަރަޙައްދުން ލިބިގެންދާނެ. އަދި އަޅުގަނޑަށް ޔަޤީން އަޅުގަނޑުމެން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ފައިނަލައިޒް ކުރެވިގެންދާއިރު ގޯތީގެ އަދަދު އެއަށްވުރެވެސް އިތުރުވެގެންދާނެކަމަށް." މިނިސްޓަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު