ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅަފައިވާ ހެއްކާ ބެހޭ ބިލް އިސްލާޙު ކުރުމަށް ގޮވާލާ ނޫސްވެރިން އިޙްތިޖާޖު ކުރަން ފަށައިފިއެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ބުނީ މަޖިލީހުގެ އިދާރާ ކައިރީ ނޫސްވެރިން ދަނީ ހަމަހިމޭން އިހުތިޖާޖެއް ކުރަމުން ކަމަށެވެ. މި އިޙްތިޖާޖުގައި ގޮވާލަމުންދަނީ ހެއްކާބެހޭ ބިލްގެ 136 ވަނަ މާއްދާ އިސްލާޙުކުރުމަށެވެ. އެއީ މަސްދަރު ހާމަކުރުމާބެހޭ މާއްދާއެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި ވާގޮތުން، ވަކި ހާލަތްތަކެއްގައި ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނެ އެވެ.
ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށްވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. އަދި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް މަޖުބޫރު ކުރެވިދާނެ ކަމަށްވެސް އެ ބިލުގައި ވަނީ ބުނެފަ އެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި ހެއްކާ ބެހޭ ބިލަށް ވޯޓު ނެގުން އޮންނާނީ މިއަދުއެވެ.

We are outside the #Maldives parliament protesting the plans to move ahead with the "source disclosure" provisions in the Evidence Bill— without incorporating comments from MJA and MMC to ensure safeguards are in place to prevent abuse of these provisions. pic.twitter.com/E8UbOi5GQ6
— Maldives Journalist Association (@mjamaldives) June 30, 2022
ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށްވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. އަދި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް މަޖުބޫރު ކުރެވިދާނެ ކަމަށްވެސް އެ ބިލުގައި ވަނީ ބުނެފަ އެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި ހެއްކާ ބެހޭ ބިލަށް ވޯޓު ނެގުން އޮންނާނީ މިއަދުއެވެ.
ކިޔުންތެރިންގެ ހިޔާލު