ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މިއަދު 9:30 ގައި އޮތް އަޑުއެހުމުގައި އޮތީ ދަޢުލަތުގެ ފަރާތުން ހުށައަޅާ ހެއްކެއްގެ ހެކިބަސް ނެގުމެވެ. މި މައްސަލާގައި މިހާރު ކުރިއަށްގެންދާ ހެކިބަސްނެގުމުގެ މަރުޙަލާގައި މިހާތަނަށް ނަގާފައިވަނީ ދެ ހެކިވެރިއެއްގެ ހެކިބަހެވެ. އެއީ ހަތަރު އައިފޯނަކާއި ޕެންޑްރައިވްތަކެއް ތަހުލީލުކޮށް މޯބައިލް ފޮރެންސިކް ރިޕޯޓެއް ތައްޔާރުކުރި އޮފިސަރަކާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލު ކުރި އޮފިސަރުގެ ހެކިބަހެވެ.
މިއަދު ހެކިބަސް ނެގުމަށް ޙާޟިރުކޮށްފައިވަނީ ޓުއަރިޒަމް މިނިސްޓްރީގެ ލީގަލްބައިގައި ކުރިން މަސައްކަތް ކުރެއްވި ފަސީހް ޒާހިރު ކިޔާ ފަރާތެކެވެ. އޭނާ ޙާޟިރުކުރީ ޓުއަރިޒަމް މިނިސްޓްރީން އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓުއަރިޒަމްގެ ބޭނުމަށް ރަށްތައް ކުއްޔަށް ދީފައި ހުރިގޮތް ސާބިތުކުރުމަށްޓަކައެވެ. މިއަދު ހެކިބަސް ދިން ފަރާތުން ބުނެފައިވަނީ ވ. އާރަށް ކުއްޔަށްދިނުމުގެ މުއާމަލާތާ ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށެވެ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތް ހިނގިއިރު އޭނާ ހުރީ ޗުއްޓީގައި ކަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ.
ހެކިވެރިޔާ ބުނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށެއް ނުވަތަ ފަޅެއް ދޫކުރާނަމަ ޓުއަރިޒަމް މިނިސްޓްރީން ރައީސް އޮފީހަށް ސިޓީއެއް ފޮނުވައިގެން އެ ރަށެއް ނުވަތަ ފަޅެއް ރިސޯޓު ހަދަން ދޫކުރާ ރަށްތަކުގެ ދަފުތަރަށް ބަދަލުކުރުމަށް އެދޭކަމަށެވެ. އަދި ޓުައަރިޒަމާ ބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގައި އޮންނަ އިސްތިސްނާއަށް ބަލައިގެން ރަށްތައް ދޭ ކަމަށާއި، އެހެން ފަރާތަކަށް ރަށްތައް ވިއްކާލަނީ އެމްއެމްޕީއާރުސީން ކަމަށެވެ. އެހެންކަމުން އެ ލާރި ދައްކަނީއެމްއެމްޕީއާރްސީއަށް ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. ނަމަވެސް ބައެއް ރަށްރަށް އެ އުސޫލުން ބޭރުންވެސް ދޫކޮށްފައިވާކަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ރައީސް ޔާމީންގެ ދިފާޢީ ވަކީލުން ވަނީ އާރަށުގެ މުއާމަލާތާއި ގުޅިގެން ޓުއަރިޒަމް މިނިސްޓްރީން ރައީސް އޮފީހަށް ސިޓީއެއް ފޮނުވިކަން އެނގޭތޯ އާއި އާރަށް ކުއްޔަށް ދިނުމަށް ރައީސް އޮފީހުން ޓުއަރިޒަމް މިނިސްޓްރީއަށް ފޮނުވި ގަރާރެއް ހެކިވެރިޔާއަށް ފެނުނުތޯ ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބުދެމުން ހެކިވެރިޔާ ބުނެފައިވަނީ އޭނާ އޭރު ހުރީ ޗުއްޓީގައި ކަމަށްވާތީ އެއްވެސް ލިޔުމެއް ނުފެންނަ ކަމަށާއި ޗުއްޓީ ނިންމުމަށްފަހު ރާއްޖެ އައިފަހުންވެސް އެފަދަ އެއްވެސް ލިޔުމެއް އޭނާއަށް ފެނިފައި ނުވާކަމަށެވެ.
މިއަދުގެ ޝަރީއަތުގައި އެ ހެކިވެރިޔާ ވަނީ ލީޒް އިކުއިޒިޝަން ކޮސްޓް ދައްކާގޮތެއްވެސް ނޭންގޭ ކަމަށާއި އިކުއިޒިޝަން ކޮސްޓާއި ބެހޭ އެއްވެސް ޒިންމާއެއް އޭނާގެ ނޯންނާނެ ކަމަށް ބުނެއެވެ. އަދި އެމްއެމްޕީއާރްސީއަކީ ވަކި ކުންފުންޏެއް ކަމަށާއި ފައިސާގެ މުއާމަލާތްތަކުގައި އެންމެ އިސްކޮށް އުޅެނީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި އޭރު ހުރި އަބްދުﷲ ޒިޔަތު ކަމަށް ހެކިވެރިޔާ ވަނީ ބުނެފައެވެ.
އާރަށް ކުއްޔަށް ދިން އިރު ހެކިވެރިޔާ ޗުއްޓީގައި ހުރުމުން އިތުރަށް ކުރާނެ ސުވާލެއްނެތް ކަމަށް ރައީސް ޔާމީން އާއި ޔޫސުފް ނައީމްގެ ވަކީލުންވެސް ވަނީ ވިދާޅުވެފަ އެވެ. މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ދެން ހެކިބަސް ނެގުމުގެ މަޖިލީހެއް އޮންނާނީ އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 9:30 ގައި ކަމަށް ޤާޟީ އަޙްމަދު ޝަކީލް ވިދާޅުވިއެވެ.
ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި އެމްއެމްޕީއާރުސީއާއި ޔޫސުފް ނައީމާއި ދެމެދު ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމުގެ އަތުން، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
ރައީސް ޔާމީނާއެކު، އާރަށުގެ މުއާމަލާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެެވެ.
ފަޅުރަށެއްގެ ގޮތުގައި އޮތް ވ. އާރަށަކީ ކުރިން ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ރަށެކެވެ. ނަމަވެސް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެރަށް ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ކުންފުންޏަކަށް ދީފައެވެ. އަދި ޔޫސުފް ނައީމްގެ ކުންފުނިން ވަނީ އެރަށް ބޭރުގެ ކުންފުންޏަކަށް 1 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ. މައްސަލަ އުފެދިގެން އުޅެނީ އެ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން އެޗުއެސްބީސީގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރިކަމަށް ބުނާ މައްސަލައަކާއި ގުޅިގެންނެވެ.
މި މައްސަލާގައި ރައީސް ޔާމިނަށް މަނީލޯންޑަރިންގެ ދައުވާއެއް އުފުލާފައިވާއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް މީގެކުރިން އިއްވި ހުކުމް ސުޕްރީން ކޯޓުން ވަނީ ބާތިލްކޮށްފައެވެ. އޭގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު