ބޮޑެތި ބިލްތަކެއް ނިންމުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިންމައި މެންބަރުން ޗުއްޓީއަށް ވަޑައިގެންފިއެވެ.
މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ކުރިޔަށް ގެންދާނީ މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށްކަމަށް މަޖިލީހުގެ ޤަވާއިދުގައިވެއެވެ. އެއަށް ފަހު އެއް މަސް ދުވަހުގެ ޗުއްޓީއެއް މެންބަރުންނަށް ލިބޭނެއެވެ.
މެންބަރުން މިއަހަރުގެ ދެވަނަ ދައުރުގެ ޗުއްޓީއަށް ގޮސްފައިވަނީ މުހިންމު ބިލްތަކެއްގެ މަސައްކަތް ނިންމުމަށްފަހުއެވެ. އޭގެ ތެރޭގައި 45 އަހަރަށްފަހު ހެއްކާއިބެހޭ ބިލާއި، ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމާއި، ލާމަރުކަޒީ ޤާނޫނަށްވެސް ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ.
މިދައުރުގެ ތެރޭގައި 8 ބިލާއި 2 ޤަރާރާއި ސަރުކާރުގެ ފަރާތުން ހުށައެޅި 3 މައްސަލައާއި ރިޔާސަތުން ހުށަހެޅި 1 މައްސަލަ އާއި މެންބަރުން ހުށައެޅި 5 މައްސަލަ އާއި އެހެނިހެން 6 މައްސަލައެއް މަޖިލީހުން ވަނީ ނިންމާފައެވެ.
މިދައުރުގެ ތެރޭގައި 30 ސުވާލަކަށް ޖަވާބު ދެއްވުމަށް އެކި ވަޒީރުން ވަނީ މަޖިލީހަށް ހާޒިރުވެފައެވެ. ދެވަނަ ދައުރު ނިންމާލީ 22 ޖަލްސާއާއި ގިނަ ކޮމެޓީ މަސައްކަތްތަކެއް ކުރުމަށްފަހުއެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އަހަރުގެ ފުރަތަމަ ދައުރު ކުރިއަށް ދާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އަދި މަޖިލީހުގެ ތިން ވަނަ ދައުރު ހިނގާނީ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު