މޫދު ކުޅިވަރުގެ ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ވަޢުދު ފުރިހަމަކުރެވޭތީ އުފާކުރަށްވާ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަހުލޫފް މިހެން ވިދާޅުވީ ބޮޑީބޯޑިން ވަރލްޑް ޓުއާގެ މުބާރާތެއް ކަމަށްވާ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ލޯންޗުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މޫދު ކުޅިވަރުގެ ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖެއަށް ގެނައުމުގެ ވައުދު ފުރިހަމަކުރެވޭތީ އުފާކުރައްވާކަމަށެވެ. އަދި މި މުބާރާތަކީ އެ މަސައްކަތުގެ ތެރެއިން ކުރެވޭ މަސައްކަތެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މަހުލޫފް މި މުބާރާތް ލޯންޗުކޮށްދެއްވީ އެކަމަށްޓަކައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގައި ބޭއްވި ރަސްމީޔާތެއްގައެވެ. މި ރަސްމީޔާތުގައި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ ރައީސް ޢަބްދުﷲ އަރީފް އާއި ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު ބައިވެރިވެވަޑައިގަތެވެ.
އަންނަ ޖުލައި މަހުގެ 29 އިން އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިޔަށްދާނީ މާލޭ ރާޅުގަނޑު ސަރަހައްދުގައެވެ.
ދުނިޔޭގެ ޗެމްޕިއަން ބޮޑީބޯޑަރުން ވާދަކުރާ މި މުބާރާތުގައި އެކި ގައުމުތަކުން 150 އެއްހާ އެތުލީޓުން ވާދަކުރާނެއެވެ. ހަތަރު ކެޓަގަރީއަކުން ބައިވެރިވާ ވާދަކުރާ މި އިވެންޓަކީ ވޯލްޑް ޓުއާގެ ލެގެއް އޭޝިއާ ސަރަހައްދުގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު