ނިއުރޭޑިއަންޓްގެ އެނބުރި އައުމަކީ ރާއްޖޭގެ ކުޅިވަރުގެ އައު ތާރީހެއް ލިޔެވިގެންދާނެ ކަމެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ނިއުރޭޑިއަންޓުގެ ސަސްޕެންޝަން ތިން އަހަރަށްފަހު އެފްއޭއެމުން ރޭ ވަނީ އުވާލާފައެެވެ. އެކްލަބާ މެދު އެފްއޭއެމުން ފިޔަވަޅު އެޅީ ކުލަބުން ދޭސީ އަދި ބިދޭސީ ކުޅުންތެރިންނަށާއި ކޯޗުންނަށް ދޭންޖެހޭ މުސާރަ ދީފައިނުވާ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.
ނިއުއާއި ދެކޮޅަށް އެފްއޭއެމުން އަޅާފައިވާ ފިޔަވަޅުތައް ރޭ އުވާލިއިރު މީގެކުރިން ފީފާއިންވެސް ވަނީ އެކްލަބާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލާފައެވެ. ފީފާގެ ސަސްޕެންޝަން އުވާލީ ނިއުއިން ބިދޭސީ ކުޅުންތެރިންނާއި ކޯޗުންނަށް ދައްކަންޖެހޭ ފައިސާ ދެއްކުމުންނެވެ.
ނިއުގެ ސަސްޕެންޝަން އުވާލުމާ ގުޅިގެން މެންބަރު ރާއީ ވިދާޅުވީ ނިއުރޭޑިއަންޓްގެ އެނބުރި އައުމަކީ ރާއްޖޭގައި މިވަގުތު ފުޓްބޯޅައަށް ދިމާވެފައިވާ މާޔޫސްކަން ފިލައި އަނެއްކާވެސް ކުޅިވަރުގެ އައު ތާރީހެއް ލިޔެވިގެން ދިއުން ކަމަށެވެ. އަދި މިއީ ރައީސް ޞާލިޙްގެ ގެ ވެރިކަމުގައި ކުޅިވަރު ކުރިއެރުވުމަށް އެޅުނު ނުހަނު މުހިއްމު ފިޔަވަޅެއް ކަމަށްވެސް ރާއީ ވިދާޅުވިއެވެ.
ނިއުގެ ސަސްޕެންޝަން އުވާލުމަށް އެފްއޭއެމްގެ އެކްސްކޯއިން ނިންމާފައިވަނީ އެ ކްލަބުން މުސާރަ ނުދޭތީ އެފްއޭއެމަށް މައްސަލަ ހުށަހެޅި ކުޅުންތެރިން، އެ މައްސަލަ އަނބުރާ ގެންދިއުމަށް އެދި ސޮއި ކޮށްފައިވާ ސެޓުލްމެންޓް އެގްރިމެންޓްތަކުގެ ސައްހަކަން ބެލުމަށްފަހު އެވެ.
ނިއުރޭޑިއަންޓުން ދަނީ އަންނަ މަހު ފަށަން ތާވަލުކޮށްފައިވާ ދެވަނަ ޑިވިޒަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދުގެ ކޯޗު ކަމުގައި އެ ކްލަބުން މިހާރު ވަނީ ފަރިތަކުރުންތައް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު