މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވެވޭނީ މި މަހު 15ގެ ނިޔަލަށް އުފައްދާފައިވާ ގޮފިތަކުގެ ރައީސުންނަށް ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

އެމްޑީޕީން ބުނީ 19 އޯގަސްޓް 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ކޮންގްރެސް 2022 ގައި ބައިވެރިވާ ގޮފި އުފެއްދުމާއި މިހާރު ހުރި ގޮފިތައް އިސްލާޙު ކުރުމަށް ދީފައިވާ މުއްދަތު 15 ޖުލައި 2022 ވާ ބުދަ ދުވަހަށް ހަމަވާނެ ކަމަށެވެ.

އަދި މިމުއްދަތުގެ ތެރެއަށް ރަސްމީ ބަންދު ދުވަސްތަކެއް ވަންނާތީ މިބަންދު ދުވަސްތަކުގައި ހުށަހަޅުއްވާ ގޮފި ފޯމުތަކުގެ ޕީޑީއެފް އަދި ގޮފި ލިސްޓުތައް އެކްސެލް ފޯމެޓުގައި މެއިލް ކުރެވޭނެ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.

ހަމައެއާއެކު އޮންލައިންކޮށް ހުށަހަޅާ ފޯމްތަކުގެ އަސްލު 17 އަދި 18 ޖުލައިގެ މެންދުރު 1:30 ގެ ކުރިން ހުށަހެޅުއްވުމަށް ވެސް އެމްޑީޕީން ވަނީ އެދިފައެވެ.

އެމްޑީޕީގެ ކޮންގްރެސްގައި މުހިއްމު ނިންމުންތަކެއް ނިންމުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ ވޯޓަކަށް ދިއުމާމެދު ގޮތެއް ނިންމާނެއެވެ. ހަމަ އެއާއެކު ޤާނޫނު އަސާސީއަށް ގެންނަން ފެންނަ އިސްލާޙުތަކާމެދު މަޝްވަރާ ކުރުމާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާމެދު ގޮތެއް ނިންމުމަށްވެސް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން