ރާއްޖޭގައި މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޓްރެއިނަރުންނާއި އެނިއުމަރޭޓަރުންގެ ތަމްރީނުތައް މާދަމާ ފަަށަން ތައްޔާރުވެއްޖެއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފައިވަނީ ބޯހިމެނުމުގައި މަސައްކަތުގައި ހަރަކާތްތެރިވާ ޓްރެއިނަރުންގެ ތަމްރީނުތައް މާދަމާ އިން ފެށިގެން ޖުލައި 21 އަށް ކުރިއަށްދާނެ ކަމަށެވެ. އަދި ދެވަނަ ބެޗުގެ ތަމްރީނުތައް ޖުލައި 31 އިން އޮގަސްޓު 4 އަށް ބާއްވާނެކަމަށް އެ އިދާރާއިން ބުނެއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ އެނިއުމަރޭޓަރުންގެ ތަމްރީނުތައް ހަތަރު ބެޗަކަށް ބަހާލައިގެން ކުރިއަށްދާއިރު މާލޭގައި އެ ތަމްރީނުތައް ބާއްވާނީ އޮގަސްޓު 14 އިން ސެޕްޓެމްބަރު 8 އަށް ކަމަށެވެ. އަދި އަތޮޅުތަކުގެ ތަމްރީނުތައް ޖުލައި 31 އިން އޮގަސްޓު 25 އަށް ކުރިއަށްދާނެކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
ބޯހިމެނުމުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ގައި ފަށަން ވަނީ ނިންމާފައެވެ. ބޯހިމެނުމުގެ މަސައްކަތަށް ޖުމްލަ 4،400 މީހުން ބޭނުންވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކުރިން ވަނީ ބުނެފައެވެ.
މިހާރު ހަމަޖެހިފައިވާ ގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ބޯހިމެނުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހަށެވެ. އަދި އެ މަހުގެ 13 ވަނަ ދުވަހުން 25 ވަނަ ދުވަހަށް ބޯހިމެނުގެ އަމަލީ މަސައްކަތްތައް މާލޭ ސަރަޙައްދުގައި ކުރިއަށް ގެންދާނެކަމަށް ތަފާސް ހިސާބާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
ރާއްޖޭގެ ބޮޑެތި ރަށްރަށުގައި ބޯހިމެނުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދާނީ ސެޕްޓެމްބަރ މަހުގެ 17 އިން 22 އަށެވެ. ކުދި ރަށްތަކުގައި ބޯހިމެނުމުގެ އަމަލީ މަސައްކަތް ކުރާނީ އެ މަހުގެ 12 އިން 21 އަށެވެ.
ބޯހިމެނުމުގެ މި އަހަރުގެ ޝިއާރަކީ "8 ބިލިއަން މީހުންގެ ދުނިޔެއެއް: ކެތްތެރި މުސްތަގުބަލަކާ ދިމާއަށް، ފުރުސަތުތައް ބޭނުންކޮށް އެންމެންނަށް ހައްގުތަކާއި އިހްތިޔާރުތައް ކަށަވަރުކުރުން" މިއެވެ. ބޯހިމެނުމުގެ ވަގުތީ ނަތީޖާ މިއަހަރުގެ އޮކްޓޫބަރު ހަވަނަ ދުވަހު އިއުލާންކުރުމަށް ހަމަޖެހިފައިވާއިރު ދާއިމީ ނަތީޖާ އެ މަހުގެ 20 ވަނަ ދުވަހު އިއުލާން ކުރާނެ އެވެ.
ރާއްޖޭގައި އެންމެފަހުން ބޯހިމަނާފައިވަނީ 2014 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު