ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ތ. ތިމަރަފުށީގައި އިމާރާތްކުރަމުންދާ 100 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އަތޮޅުތަކުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ފުރަތަމަ ފެށި މަޝްރޫޢުތަކުގެ ތެރެއިން ތިމަރަފުށި ހިމެނޭހެން ހުރިހާ ރަށެއްގެ ޢަމަލީ މަސައްކަތް ބާރު ސްޕީޑްގައި ދަނީ ކުރިއަށްގެންދަމުންނެވެ. މި ސަރުކާރުން މިހާރުވަނީ ޅ.ނައިފަރުގައި ތަރައްޤީކުރި 100 ހައުސިން ޔުނިޓް ޙައްގުވެރިންނާ ހަވާލުކޮށްފައެވެ.
ތިމަރަފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަށް 100 ހައުސިންގ ޔުނިޓް އެޅުމަށް މި ސަރުކާރުން މަސައްކަތް ފެށީ 2020ވަނަ އަހަރުއެވެ. މި ޔުނިޓުތަކުގެ މަސައްކަތް އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ތިމަރަފުށީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ހައުސިންގ ޔުނިޓުތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00އާ ހަމައަށް ވަނީ ހުޅުވާލާފައިވާ ކަމަށެވެ. ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލާ ފަރާތްތަކަށް ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުމުގެ އިންތިޒާމް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން 12:00ށް ތިމަރަފުށީ ކައުންސިލް އިދާރާގައި ވަނީ ހަމަޖެހިފައެވެ.
ތިމަރަފުށީ ކައުންސިލުން ބުނީ މި ހައުސިންގ ޔުނިޓުތަކުގެ ތެރެއިން 83 ޔުނިޓް ތިމަރަފުށީގެ ރައްޔިތުންނަށް ދޫކުރަން ހަމަޖެހިފައިވާ ކަމަށާއި، ތިމަރަފުއްޓަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ މީހުންނަށް 15 ޔުނިޓު ކަނޑައަޅާފައިވާ ކަމަށެވެ. އަދި ދެ ޔުނިޓް ކަނޑައަޅައިފައިވަނީ ތިމަރަފުށީ ކައުންސިލުގެ ބޭނުމަށެވެ.
ތިމަރަފުށީގައި އަޅާ ހައުސިން ޔުނިޓްތަކަކީ 3 ކޮޓަރިއާއި 3 ފާޚާނާ އަދި ސިޓިން ރޫމަކާއި ބަދިގެ އަދި ލޯންޑްރީ އޭރިއާއެއް ހިމެނޭހެން ހަދާ ޔުނިޓުތަކެކެވެ. މި ޔުނިޓުތައް އެޅުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން 71 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނާއެވެ.

ކިޔުންތެރިންގެ ހިޔާލު