ޙަޤީޤީ އިސްރާފަކީ ލާމަރުކަޒީ ނިޒާމުން ހާސިލް ކުރަންޖެހޭ މަޤްސަދު ހާސިލްނުވުން ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ނައިބުރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ސ. ހިތަދޫ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި، ވޯޓުލުމުގެ ޙައްޤުލިބިފައިވާ 12،099 މީހުންގެ ތެރެއިން، ވޯޓު ލާފައިވަނީ އެންމެ 1،009 މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އެހެންކަމުން އެއީ ބޮޑު އިސްރާފެއްކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާޢީލް ޙަބީބު ވަނީ ވިދާޅުވެފައެވެ.
"އެތައް ލައްކަ ރުފިޔާ ޚަރަދުކުރުމަށްވުރެ ބޮޑު އިސްރާފެއް ކޮބައިތޯ؟ މިކަމަށް އަވަސްޙައްލެއް ގެންނަން އެބަޖެހޭ!" ޙަބީބު ވިދާޅުވެފައިވެއެވެ.
ޙަބީބުގެ ވާހަކަފުޅަށް ރައްދު ދެއްވަމުން އެމްއެންޕީގެ ނާއިބުރައީސް ޝަރީފް ވިދާޅުވީ ޙަޤީޤީ އިސްރާފަކީ ވޯޓްލީމީހުން މަދުވުން ނޫންކަމަށާއި، އިސްރާފަކީ ލާމަރުކަޒީ ނިޒާމާއި، އެނިޒާމުން ހާސިލް ކުރަންޖެހޭ މަގުސަދު ހާސިލް ނުވުން ކަމަށެވެ.
"އެއީ އިސްރާފަކީ، ގާނޫނަކުން ރައްޔިތުންގެ މައްޗަށް ސިސްޓަމެއް ތައާރަފް ކުރަންވާނީ ވަރަށް ރަނގަޅަށް ދިރާސާކުރުމަށްފަހު" ޝަރީފް ވިދާޅުވެފައިވެއެވެ.
އަންހެނުން ކޮމިޓީތަކަށް މެމްބަރުން އިންތިޚާބުކޮށްފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގަ އެވެ. އެހެންނަމަވެސް އިންތިޚާބަށްފަހު ގިނަ ޢަދަދެއްގެ ބަޔަކުވަނީ ކޮމިޓީން އިސްތިޢުފާދީފައެވެ. އެހެންކަމުން އެމައްސަލަ ޙައްލު ކުރުމަށް އީސީން ވަނީ ޚަރަދުކުޑަކުރެވޭނެ ޙައްލުތަކެއް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށްހުށަހަޅައިފަ އެވެ.
އެގޮތުން އެއްހައްލަކަށް ހުށަހަޅާފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަންތައް އަތޮޅު ކައުންސިލްތަކުން އިންތިޒާމުކުރާގޮތަށް ބަދަލުކުރުމެވެ.
ޤާނޫނުގައިވަނީ އަންހެނުން ކޮމިޓީތަކުގެ މެމްބަރެއްގެ މަގާމު ހުސްވިކަން އެލްޖީއޭއިން އަންގާތާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހޭނެކަމަށެވެ.

ޑަބްލިޔޫ.ޑީ.ސީ، ސ.ހިތަދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ވޯޓުލުމުގެ ޙައްޤުލިބިފައިވާ 12099 މީހުންގެ ތެރެއިން، 1009 (%8.34) މީހުން ވޯޓުލާން، އެތައް ލައްކަރުފިޔާ ޚަރަދުކުރުމަށްވުރެ ބޮޑު އިސްރާފެއް ކޮބައިތޯ؟ މިކަމަށް އަވަސްޙައްލެއް ގެންނަން އެބަޖެހޭ! @mvpeoplesmajlis @ElectionsMv pic.twitter.com/9D4HIxBBtA
— Ismail Habeeb (@IsmailHabeeb) July 23, 2022
އަންހެނުން ކޮމިޓީތަކަށް މެމްބަރުން އިންތިޚާބުކޮށްފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގަ އެވެ. އެހެންނަމަވެސް އިންތިޚާބަށްފަހު ގިނަ ޢަދަދެއްގެ ބަޔަކުވަނީ ކޮމިޓީން އިސްތިޢުފާދީފައެވެ. އެހެންކަމުން އެމައްސަލަ ޙައްލު ކުރުމަށް އީސީން ވަނީ ޚަރަދުކުޑަކުރެވޭނެ ޙައްލުތަކެއް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށްހުށަހަޅައިފަ އެވެ.
އެގޮތުން އެއްހައްލަކަށް ހުށަހަޅާފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަންތައް އަތޮޅު ކައުންސިލްތަކުން އިންތިޒާމުކުރާގޮތަށް ބަދަލުކުރުމެވެ.
ޤާނޫނުގައިވަނީ އަންހެނުން ކޮމިޓީތަކުގެ މެމްބަރެއްގެ މަގާމު ހުސްވިކަން އެލްޖީއޭއިން އަންގާތާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހޭނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު