ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމް
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމް
ޓްވިޓާ ބޭނުންކުރައްވަން ފެއްޓެވިފަހުން ކުރީގެ ރައީސް ޔާމީން ޢަބްދުލް ގައްޔޫމް ފުރަތަމަ ފަހަރަށް ދިވެހި ބަހުން ޓްވީޓެއް ކުރައްވައިފިއެވެ.

މިނިވަން ދުވަހާއި ގުޅިގެން މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓްގައި ވަނީ، ދިވެހި ގައުމު އަބަދަށް މިނިވަންކަމުގައި ލެހެއްޓެވުމަށާއި ޚާއިނުން ބަލިކުރުމަށް އެދިވަޑައިގެންނެވެ. އަދި ރާއްޖެ މިނިވަންކަން މަތީ އަބަދަށް ލެހެއްޓެވުން އެދިވަޑައިގަންނަވާ ކަމަށާއި ގައުމަށް އުފާފާގަތިކަން މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފައިވެއެވެ.



ރައީސް ޔާމީން ދިވެހި ބަހުން ޓްވީޓެއް ކުރައްވާފައި މިވަނީ، ގައުމުގެ މިނިވަންކަމާ ސިޔާދަތާއި އަމިއްލަވަންތަ ކަމުގެ ވާހަކަ ވަރަށް ގިނައިން ދައްކަވާ ބޭފުޅަކު ދިވެހިންގެ އަމިއްލަ ބަހުން ޓްވީޓެއް ނުކުރައްވާތީ އެމަނިކުފާނަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒު ވެފައިވަނިކޮށެވެ.

މިއަދަކީ ރާއްޖޭގެ މިނިވަންކަމަށް 57 އަހަރު ފުރޭ މުނާސަބަތެވެ. މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާއާއި ކުރީގެ ރައީސުން އަދި ގައުމުގެ އިސް ލީޑަރުން ވެސް ގެންދަވަނީ ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން