ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީހުގެ އިސް ބޭފުޅަކަށް މުހައްމަދު ހިސާން އަލީ ފަހްމީ (ހިސްކޮ) ހަމަޖައްސައިފި އެވެ.
މީގެ ކުރިން ހިސާން މަސައްކަތް ކުރަށްވަމުން ގެންދެވީވެސް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން އޮފީހުގައެވެ. އޭނާ ރައީސް އޮފީހާ ގުޅިވަޑައިގެންނެވީ 2019 ވަނަ އަހަރު އެވެ. ހިސާން ވަނީ އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޔުނިވާސިޓީން މާކެޓިން އެންޑް އިންޓަނޭޝަލް ބިޒްނެސްގެ ދާއިރާއިން ތައުލީމް ހާސިލްކުރަށްވާފައެވެ.
މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން ރައީސްއޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގަމުން ދިޔައީ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހިމް ހޫދުގެ ބެއްލެވުމުގެ ދަށުންނެވެ.
ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓުގެ މަގާމަށް ހޫދު އައްޔަންކުރެއްވީ 2018 ގައެވެ. މީގެކުރިން ހޫދުވަނީ ރައީސް އޮފީހުގެ ސްޕޯކްސްޕާސަންގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު މަބްރޫކް އަޒީޒެވެ.
ހޫދު މިއަދު ވިދާޅުވީ އޭނާ ދެން މަސައްކަތް ކުރައްވާނީ ފޮރިން ރިލޭޝަންސްގެ އޮފީހުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު