ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ޗެކިން ސިސްޓަމަށް ދިމާވި މައްސަލަ ޙައްލު ނުކުރެވޭތީ ފަސެންޖަރުން މެނުއަލްކޮށް ޗެކިން ކުރަން ފަށައިފިއެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓުން ފުރާ އިންޓަނޭޝަނަލް ފްލައިޓްތަކުގެ ފަސިންޖަރުންގެ ޗެކިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވަނީ ރޭގެ ވަގުތެއްގައެވެ.
އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފައިވަނީ ޗެކިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށެވެ.
މައްސަލަ ދިމާވުމާ ގުޅިގެން އެއާޕޯޓުން ފުރަންދާ ޕަސިންޖަރުންގެ ޗެކިން މިވަގުތު ކުރަމުންދަނީ މެނުއަލްކޮށް ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.
އެ މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކުރުމަށް މަސައްކަތް ކުރަމުންގެންދާއިރު ކޮންމެވެސް ވަރަކަށް ފްލައިޓުތައް ޑިލޭވުމުގެ މައްސަލަވެސް ދިމާވަމުންދާކަމަށް އެމްއޭސީއެލުން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު