މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވައިދޭ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް"ގެ ކޮންކްރީޓް މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ބޭއްވި ވަރޗުއަލް ރަސްމިއްޔާތެއްގަ އެވެ. ބްރިޖުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވުމުގެގޮތުން ދެބޭފުޅުން ވަނީ އެކަމަށް ޚާއްސަކޮށްފައިވާ ރަމްޒީ ފިލަތަށް ފިއްތަވާލައްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސް ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެންފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިންޑިއާގައި ތިއްބަވައިގެންނެވެ. ބްރިޖްގެ ކޮންކްރީޓް މަސައްކަތް ފެށުމަށް މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި ބޭއްވި ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމާއި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި، ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން، މިއަދު ވަނީ ރާއްޖޭގައި ބްރިޖުގެ ތަނބެއްގެ ކޮންކްރީޓު އެޅުމުގެ މަސައްކަތް ފަށާފައެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަޝްވަރާތައް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2019 ސެޕްޓެމްބަރު މަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖަޔަޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. ބްރިޖްގެ މަސައްކަތް 2021 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 26 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ.
6.74 ކިލޯ މީޓަރު ދިގު މި ލިންކްގެ، ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހެދުން ހިމެނެއެވެ. މި ބްރިޖުން މާލެއާއި ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލާނެއެވެ.
މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ލިބުނު 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ. ބްރިޖް މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ސަޕްލައިކުރުމުގެ މަސައްކަތް ކުރަނީ އެސް.ޓީ.އޯއިންނެވެ.

ކިޔުންތެރިންގެ ހިޔާލު