ރާއްޖެއާއި އިންޑިޔާއާއެކު އޮތް ގުޅުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭނެ އެއްވެސް ނިކަމެތި ކަމެއް ނެތް ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވީ، ދިވެހިރާއްޖެ އާއި އިންޑިޔާ އާއި ދެމެދު އޮތް ގުޅުމުގެ ސަބަބުން ރާއްޖެ އާއި ދިވެހި ރައްޔިތުންނަށް ލިބޭނެ ނިކަމެތި ކަމެއް ނެތް ކަމަށެވެ. އިންޑިޔާ އާއި ރާއްޖެ އާއި ދެމެދު އޮންނަ ގުޅުމަކީ ޒަމާނުއްސުރެ އޮންނަ ގުޅުމެއް ކަމަށާއި، ރާއްޖެ އޮތީ އިންޑިޔާގެ އަވަށެއްގެ ގޮތުގައި ނޫން ކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ދިވެހިންނަށް މަންފާ އާއި ފައިދާ އާއި ރައްކާތެރިކަމާއި މިނިވަންކަން ދެމެހެއްޓުމަށް އޮތީ ދިވެހިން ކުރާ މަސައްކަތްތަކާއެކު ދިވެހިރާއްޖެ ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި ދާޚިލީ ސިޔާސަތު ޚާރިޖީ ސިޔާސަތުތައް ކަމަށެވެ.

"މިއަދުގެ ސަރުކާރުން ޚާރިޖީ ސިޔާސަތުތައް ދާޚިލީ ސިޔާސަތުތައް ގެންގުޅެމުން މިގެންދަނީ ދިވެހި ރާއްޖޭގެ މިނިވަންކަން ނުގެއްލޭގޮތަށް ދިވެހިންގެ މައްޗަށް އެހެން ބައެއްގެ ބާރު ނާންނާނެ ގޮތަށް، ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީގެން ލޯނު ދީގެން ރާއްޖެއަށް އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިވެހިން އެމީހުންގެ މައްޗަށް ބަރޯސާވެގެން ބެދިގެން ތިބުމެއް ނޫން،" ސަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ސަމީރު ވިދާޅުވީ ރާއްޖެ އާއި އިންޑިޔާ އެކު އޮންނަ ގުޅުމަކީ ރާއްޖެ އަށް ލިބޭނެ ވަރަށް ބޮޑު ރައްކާތެރިކަމެއް ކަމަށެވެ. ރާއްޖޭގެ ވެރިކަމުގެ އަބަދުވެސް ސިޔާސަތަކަށް ވާންޖެހޭނީ ދިވެހިންނާއި ރާއްޖެއާއި އިންޑިޔާއާއެކު އޮތް އަޚުވަންތަކަމުގެ ގުޅުން އެގޮތުގައި ބޭއްވުން ކަމަށާއި އެއީ ދިވެހިންނަށް އެންމެ މަންފާ ހުރިގޮތް ކަމަށް ސަމީރު ވިދާޅުވިއެވެ.

" އިންޑިޔާ އާއި ގުޅުން އޮތުމަކީ ނުވަތަ އެހެން ގައުމަކާއި ގުޅުން އޮތުމަކީ އެމީހުން މިތަނަށް އައިސް އަޅުގަނޑުމެންގެ ފަސްގަނޑަށް އަރައިގެން ރާއްޖޭ މިނިވަންކަމާއި ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގެން ކަންކަން ކުރުމެއް ނޫން ކޮންކަމެއްތޯކުރީ"؟ އިންޑިޔާ އެކު އޮންނަ ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ ތަކަށް ރައްދު ދެއްވަމުން ސަމީރު ވިދާޅުވިއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން