ބޮޑެތި އަނިޔާތަކަކާއެކު ރޭ މާލޭގައި މަރާލާފައިވާ އަންހެން މީހާގެ ގާތިލުން ހޯދައި އެމީހުނަށް ހައްގު އަދަބު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި ހ. ޝީރީނުވިލާގޭގެ އެޕާޓްމަންޓެއްގައި އަންހެނަކު މަރާލާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން އެ ސަރަހައްދަށް ގޮސް ފުލުހުން ވަނީ އެ އަމަލު ހިންގިކަމުގެ ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އެ އަންހެން މީހާގެ ހަށިގަނޑަށް ދީފައިވާ ގެއްލުންތައް ހާމަވުން ވެގެންދިޔައީ ގިނަބަޔަކަށް ސިހުން ލިބުނު ކަމަކަށެވެ.
މި ހާދިސާއާއި ގުޅޭގޮތުން ރައީސް ނަޝީދު މިރޭ ވިދާޅުވީ، މާލޭގައި ޒުވާން އަންހެން ކުއްޖަކު އަނިޔާވެރިކޮށް މަރާލާފައިވަނީ އެންމެނަށް ސިހުން ލިބޭ މިންވަރަށް ކަމަށެވެ. އަދި އެ އަނިޔާވެރި އަމަލު ކުށްވެރި ކުރައްވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އިތުރު މީހެއްގެ އިއުތިރާފުގެ ބަޔާނަށް ބުރަނުވާ ރަނގަޅު ތަހުގީގެއްކޮށް އެކަން ކުރި މީހުންނަށް ހައްގު އަދަބު ދޭންޖެހޭ. ﷲ އެ މަރުހޫމާއަށް ސުވަރުގެ ދެއްވާށި، އާމީން." ރައީސް ނަޝީދު މިރޭ ވިދާޅުވިއެވެ.
ރޭ މަރާލާފައިވާ ޏ. ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މުހައްމަދު ސައީދު (ޝިއާ) ގެ މަރާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ޝިއާ މަރާލިކަމަށް ތުހުމަތު ކުރާ ޝާހިލް ކުށުގެ ވެށިން ހައްޔަރުކޮށްގެން ގެންގޮސް މަސްތުވާތަކެއްޗަށް ޓެސްޓް ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އަދި ޝިއާގެ ޕޯސްޓްމޯޓަމެއް ހަދަން ނިންމާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ޝާހިލް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.

Male’ ga zuvaan anhen kujjeh nuhanu aniyaverikoh maraalafavanee enmenah sihun libey minvarah.Mi aniyaveri amalu kuhverikuran.Ithuru meehehge iuthiraf bayanah buranuvaa ragalhu thahqeeq eh koh,mikan kuri meehunah haqq adhab dheynjehey.Allah e marhooma ah suvaruge dhevvaashi.Aameen
— Mohamed Nasheed (@MohamedNasheed) August 7, 2022
ރޭ މަރާލާފައިވާ ޏ. ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މުހައްމަދު ސައީދު (ޝިއާ) ގެ މަރާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ޝިއާ މަރާލިކަމަށް ތުހުމަތު ކުރާ ޝާހިލް ކުށުގެ ވެށިން ހައްޔަރުކޮށްގެން ގެންގޮސް މަސްތުވާތަކެއްޗަށް ޓެސްޓް ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އަދި ޝިއާގެ ޕޯސްޓްމޯޓަމެއް ހަދަން ނިންމާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ޝާހިލް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު