ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ޙާޟިރުގައި ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު ރައީސް ޔާމީނަށް 15 މިލިއަން ރުފިޔާ ދިންކަމަށް ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިގޮތަށް ވިދާޅުވީ ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްގެންދާ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުންނެވެ. ނާޒިމަކީ ކުރިން ރައީސް ޔާމީނާ ވަރަށް ގާތްގުޅުމެއް އޮތް ބޭފުޅެކެވެ.
ދަޢުލަތުގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ނާޒިމް މިއަދު ވިދާޅުވީ ކަޅު ދަބަހެއްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު، ގެނައި 15 މިލިއަން ރުފިޔާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަތްޕުޅަށް ދިންއިރު އެތަނުގައި ހުންނެވި ކަމަށެވެ. އަދި އެފައިސާ ޙަވާލުކުރީ ދޫވެހީގައިކަމަށް ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑު ހުރިތަނެއްގައި އަހުމަދު އަދީބު ކަޅު ދަބަހެއްގައި ގެނައި ފައިސާ ޔާމީނަށް ދިން. އެއީ ދޫވެހީގައި. އަދީބު ދެންނެވި އެއީ 15 މިލިއަން ރުފިޔާއޭ." ނާޒިމް ވިދާޅުވިއެވެ.
އެހެންނަމަވެސް އެއީ ކިހިނެއް ހޯދި ފައިސާއެއްކަން ނޭނގޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ޢާއްމުކޮށް ފައިސާ ހޯދަނީ ވިޔަފާރިވެރިންގެ އަތުން ޗެކު ބަހައްޓާފައި ދަރަންޏަށް ކަމަށާއި އޭރު އެބޭފުޅުން ތިއްބެވީ ކެމްޕޭން ދަތުރުތައް ކުރެވޭނެގޮތް ނެތިފައިކަމަށް ނާޒިމް ވިދާޅުވިއެވެ.
2013ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ކެމްޕޭނަށް ފައިސާ ހޯދުމުގައި އިސްކޮށް އުޅުނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި މިހާރު ދުނިޔެ ދޫކޮށްފައިވާ ވިޔަފާރިވެރިޔާ އެއްލައިދޫ މަނިކާއި އިތުރު ބޭފުޅުންކޮޅެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ ޚިޔާނާތް ފެށިގެންއައީ އެމްއެމްޕީއާރުސީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ހެދި އެއްބަސްވުމެއްގެ ދަށުން ޑޮލަރު ގަތުމަށް ކަމަށް ބުނެ ފަސް މިލިއަން ޑޮލަރަށްވާ ރުފިޔާ އެމްޕީއެލުން 2014 ވަނަ އަހަރު އަދީބު ނެންގެވި ހިސާބުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް މިއަދު ވިދާޅުވީ އެމްޕީއެލް މެދުވެރިކޮށް އަދީބު 5 މިލިއަން ޑޮލަރު ނެންގެވިކަން ރައީސް ޔާމީނަށް އެންގެވި ކަމަށާއި އަދި ފަހުން އެމްއެމްޕީއާރުސީން ލިބުނު ފައިސާއިން އަދީބު ގެންދެވީ ކެމްޕޭން ދަރަނިތައް ޚަލާސްކުރަށްވަމުން ކަމަށްވެސް ޔާމީނަށް ދެންނެވި ކަމަށެވެ. އަދި އެކަން އޮޑިޓަރ ޖެނެރަލަށްވެސް އެންގެވިކަމަށް ނާޒިމް ވިދާޅުވިއެވެ.
ވިޔަފާރިވެރިންގެ އަތުން އަދީބު ފައިސާ ނަގާކަން ރައީސް ޔާމީނަށް ދެންނެވުމުން އަދީބު ފައިސާ ނަގަނީ ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވިކަމަށް ނާޒިމް މިއަދު ވިދާޅުވިއެވެ. އަދި އެމްއެމްޕީއާރުސީ މައްސަލައިގެ މޭސްތިރިއަކީ ރައީސް ޔާމީން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
"މިކަމަކީ ސީދާ ޔާމީން އަޑީގައި ހުންނަވައިގެން ރޭވިގެން ހިންގި ބޮޑު ސްކޭމްއެއް." މިއަދުގެ ޝަރީޢަތުގައި ހެކިބަސްދެއްވަމުން ނާޒިމް ވިދާޅުވިއެވެ.
ނާޒިމް މިއަދު ވިދާޅުވީ ރިޔާސީ އިންތިޚާބަށް އަހުމަދު އަދީބު މެދުވެރިކޮށް ގެނައި ފައިސާ އަދާކުރަން ފަށާފައިވަނީ ދިވެހިރައްޔިތުންގެ ފައިސާއިން ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ އެކައުންޓުން ހޯދި 2.5 މިލިއަން ޑޮލަރު ހާމިދުސޭޓު ކުންފުނީގެ އެކައުންޓު މެދުވެރިކޮށް ވިޔަފާރިވެރިއެއްގެ އެކައުންޓަށް ޖަމާކުރެއްވިކަމަށް ނާޒިމް ވިދާޅުވިއެވެ.
އަދި ރައްޔިތުންގެ ފައިސާއިން ދަރަނިދައްކާތީ އެކަމާ ހިތްހަމަނުޖެހިގެން ރައީސް ޔާމީންގެ ސަމާލުކަމަށް އެކަން ގެނައުމުން ދަށުކޯޓާއި ހައިކޯޓުން އޭނާގެ މައްޗަށް ސާބިތުނުވެއޮތް ދަޢުވާއެއް ކުއްލިއަކަށް ސުޕްރީމް ކޯޓަށް ވައްދައި އޭނާ 25 އަހަރަށް ޖަލަށްލީ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"މަގުމަތިން ދަނިކޮށް ގޮވާލާފައި ސުޕްރީމް ކޯޓަށް ވައްދާފައި ހުކުމެއް ކުރީމަ އެކަން އަބްދުﷲ ޔާމީނަށް ނޭނގުނީމަ ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ކުފޫ ހަމައެއް ވެސް ނުވޭ." ނާޒިމް ވިދާޅުވިއެވެ.
ނާޒިމްގެ އެވާހަކަތަކާ ގުޅިގެން ޔާމީންގެ ވަކީލުން ވަނީ ނާޒިމްގެ ޢަދާވާތްތެރިކަމެއް އޮތްކަމަށް ވިދާޅުވެ އެކަން ޝަރީޢަތުގެ ސަމާލުކަމަށް ގެނެސްފައެވެ. ނަމަވެސް ނާޒިމް ތަކުރާރުކޮށް ވިދާޅުވީ އޭނާ ހެކިބަސްދެނީ ތެދުބަހުން ކަމަށާއި ޔާމީނާމެދު ޢަދާވާތްތެރިކަމެއް އޮންނަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
"ޢަދާވާތްތެރިކަމެއް އޮންނަންޖެހޭ ނަމަ އަޅުގަނޑަށްވުރެ ބޮޑު ޢަދާވާތްތެރިކަމެއް އޮންނާނެ ބޭފުޅެއް ބެންޗުގަ ވަކީލަކަށް އިންނެވީ. ނައިބުރައީސަކަށް ހުންނަވަނިކޮށް ފޫކޮޅުގަ ސައްޕެއްޖަހާ ބޭރުކޮށްލެއްވީ." ނާޒިމް އެމިންވަރަށް ވިދާޅުވުމުން ޤާޟީ ޝަކީލްވަނީ ނާޒިމްގެ ވާހަކަތައް ހުއްޓުވާފައެވެ.
ނާޒިމް މިއަދު ވިދާޅުވީ ޔާމީނާއި އެއްވެސް މިންވަރެއްގެ ރަޙުމަތްތެރިކަމެއް ފަހުން ނެތްކަމަށާއި އެއީ އޭނާއަކީ މުއުމިނަކަށްވާތީ ކަމަށެވެ. އެގޮތުން އެއްހޮރަކުން ދެފަހަރު މުއުމިނެއްގެ ގަޔަށް ކަށި ނުޖެހޭނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މި މައްސަލާގައި މިހާރު ކުރިއަށްގެންދާ ހެކިބަސްނެގުމުގެ މަރުޙަލާގައި މިހާތަނަށް ނަގާފައިވަނީ 5 ހެކިވެރިއެއްގެ ހެކިބަހެވެ. އަދި މިމަހުގެ 18 ވަނަ ދުވަހު އޮންނަ އަޑުއެހުމެއްގައިވެސް އިތުރު ހެކިންގެ ހެކިބަސްނެގުން ކުރިއަށް ގެންދަވާނެކަމަށް ޤާޟީ ޝަކީލް ވިދާޅުވިއެވެ.
ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި އެމްއެމްޕީއާރުސީއާއި ޔޫސުފް ނައީމާއި ދެމެދު ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމުގެ އަތުން، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
ރައީސް ޔާމީނާއެކު، އާރަށުގެ މުއާމަލާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު