ދިއްގަރުގައި ވޯޓުލުން ކުރިޔަށްދަނީ
ދިއްގަރުގައި ވޯޓުލުން ކުރިޔަށްދަނީ
މ. ދިއްގަރާއި ތ. ގާދިއްފުށި ލޯކަލް ކައުންސިލް ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު 08:00 އިން ފެށިގެން 16:00އާ ހަމައަށް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނެ ކަމަށެވެ.

މި އިންތިޚާބުގައި ދިއްގަރުގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 733 މީހުންނަށެވެ. އަދި ގާދިއްފުށީގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓުލުމުގެ ޙައްޤު 218 މީހުނަށް ލިބިފައިވެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިޚާބުގައި މާލޭ ޢިއްޒުއްދީން ސްކޫލްގައި ބަހައްޓާފައިވާ ފޮށްޓަށް ވޯޓުލާނީ 586 މީހުން ކަމަށެވެ.

މި އިންތިޚާބުގައި ވެރިކަންކުރާ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުން ވާދަކުރާއިރު ދެޕާޓީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުންވެސް މިވަގުތު ތިއްބެވީ އެދެރަށުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން