ސިންގަޕޫރުގެ ބޭންކެއްގެ ތިޖޫރީގައި ހުރި ކަމަށް ރައީސް ޔާމިން ވިދާޅުވާ ފައިސާ އަކީ އެމަނިކުފާނު ރައްކާ ކުރަށްވާފައި ހުރި ފައިސާ ކަމަށާއި އެފައިސާ ނަގަން ރައީސް ޔާމިންގެ ލޮލުގެ ރެޓީނާގެ ސްކޭން ބޭނުންވާނެ ވާހަކަ ވިދާޅުވެފައިވާނެ ކަމަށް ކުރީގެ ނާއިބުރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ހުކުމް ތަންފީޒު ކުރަށްވަމުން ގެންދަވާ އަހުމަދު އަދީބާއި ހަވާލާ ދެއްވައި އަދީބުގެ އަރިސް ބޭފުޅަކު "ރަސް އޮންލައިން" އަށް ރޭ ވިދާޅުވީ ރައީސް ޔާމިން ބޭއްވެވި ނޫސް ކޮންފަރެންސްގައި "ދެ ނޭވައި ދޭތެރޭގައި" އަދީބުގެ ނަން ވިދާޅުވެ މުޅިން ވެސް ހެއްދެވީ އިތުރުފުޅު ކަމަށެވެ. ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް އަދީބުގެ އަރިސް ބޭފުޅާ ވިދާޅުވީ އަދީބު ކުރީގެ އޭސީސީގެ ރައީސްގެ އަރިހުގައި ދެންނެވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ ބޮޑުބައި ސިންގަޕޫރުގައި ރައީސް ޔާމިންގެ ތިޖޫރިއެއްގައި ހުރި ވާހަކަ ކަމަށާއި އެފައިސާ ނަގަން ރައީސް ޔާމިންގެ ލޮލުގެ ރެޓިނަލް ސްކޭނެއް ބޭނުންވާނެ ވާހަކަ ކަމަށެވެ.
"އަދި އަދީބު ދެންނެވި އަދީބު ސިންގަޕޫރަށް ގެންދަނިކޮށް އެފައިސާ ހުރިކަން ޔަގީން ކޮށްދޭނެ ކަމަށް. އެހެން ނަމަވެސް އެފައިސާ ނަގަން ރައީސް ޔާމިން ފިޒިކަލީ އެތަނަށް (ސިންގަޕޫރަށް) ގެންދަން ޖެހޭނެ ކަމަށް އަދީބު ދެންނެވި." އޭނާ ވިދާޅުވިއެވެ.
އަދީބާ ހަވާލާ ދެއްވައި އަދީބުގެ އަރިސް ބޭފުޅާ ވިދާޅުވީ ވެރިކަމުގައި ހުންނެވިއިރު މަހަކު އެއްފަހަރު ސިންގަޕޫރަށް ވަޑައިގެންނެވީ ރައީސް ޔާމިން ކަމަށާއި އޭރު ސިންގަޕޫރަށް ވަޑައިގެންނެވީ އެފައިސާ ރައްކާ ކުރަށްވަން ކަމަށެވެ.
"ވެރިކަމުގައި ހުންނެވިއިރު، 2014 - 2015 ގެ ވީކެންޑްގަ އުޅުއްވީ ސިންގަޕޫރުގަ. ސިންގަޕޫރުގަ އޭރު އުޅުނީ އަދީބު ނޫންކަން އެންމެންނަށް އެނގޭނެ. ހަމަ ލާރިކޮޅެއް އަތްޕުޅަށް އަރާއިރަށް ސިންގަޕޫރަށް ކޭޝް ހިއްޕަވައިގެން ވަޑައިގެން އެ ލައްވަނީ ޑިޕޮސިޓް ބޮކްސަށް." އޭނާ ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ފައިސާއާއި ގުޅުންހުރި އެއްވެސް ކަމެއް ރައީސް ޔާމީނަށް އެނގިވަޑައި ނުގެން ކުރަށްވާފައި ނުހުންނާނެ ކަމަށާއި އިކޮނަމިކް ކައުންސިލުން ނިންމާ ކަންކަމާއި އެކައުންސިލުން ބޭރުން ނިންމާފައި ހުރި ހުރިހާ ކަމެއްވެސް ނިންމާފައި ހުންނާނީ ރައީސް ޔާމީންގެ ލަފާގެ މަތީން ރައީސް ޔާމީނަށް އެނގިވަޑައިގެން ކަމުގައި އޭނާ ވިދާޅުވިއެވެ.
"ރައީސް ޔާމީން މާ އިނޮސެންޓްވާން މިއަދު ކިތަންމެ ދިގުކޮށް އެވާހަކަ ދެއްކެވިޔަސް އެކަމަކުން އެމަނިކުފާނަކަށް ސަލާމަތެއް ނުވެވޭނެ. އެއީ އެއަށްވުރެ ފާޅުކަން ބޮޑު ގޮތެއްގައި އެމަނިކުފާނު ކުރެއްވި ކަމެއް. އެމްއެމްޕީއާރްސީގެ ފައިސާގެ ބޮޑު ބައި ރައްކާ ކޮށްފައި އެހެރީ ރައީސް ޔާމިންގެ އެކައުންޓް ތަކުގައި. އަނެއްބައި އެމަނިކުފާނު ވިދާޅުވެގެން ބެހި ގޮތުގެ ތަފުސީލު އަދީބު އެވަނީ ދައުލަތާ ހިއްސާ ކުރަށްވާފައި. އަދީބު އެކަން ކުރީ ރައީސް ޔާމިންގެ މާސްޓަރ މައިންޑުން އިރުޝާދު ދެއްވި ގޮތަށް، އެމްއެމްޕީއާރްސީގެ އެއްވެސް ކަމެއް ރައީސް ޔާމީނަށް އެނގިވަޑައި ނުގެން، އެމަނިކުފާނަށް ނުދަންނަވައި އަދީބު ކުރަށްވާފައެއް ނުހުންނާނެ." ނޫހާ ވާހަކަ ދައްކަވަމުން އަދީބުގެ އަރިސް ބޭފުޅާ ވިދާޅުވިއެވެ.
އަދީބާ ހަވާލާދެއްވައި އޭނާ ވިދާޅުވީ 2013 އިން ފެށިގެން 2015 ވަނަ އަހަރާއި ދެމެދުގައި ރައީސް ޔާމީންގެ އެކައުންޓުން 450 މިލިއަން ރުފިޔާ ދައުރުކޮށްފައި ހުންނާނެ ކަމަށާއި އެއީ ކިހިނެއް، ކޮން ގޮތަކަށް އެމަނިކުފާނު ހޯއްދެވި ފައިސާކަން ބަލަން ޖެހޭނެ ކަމަށެވެ. އަދި އެފައިސާ ދައުރުވިގޮތް ސްޓޭޓްމަންޓް ތަކުން އެނގެން ހުރިއިރު ފުލުހުން އެކަން ބަލައި އެވާހަކަ ނުދައްކަނީ ކީއްވެތޯ އަދީބު ސުވާލު ކުރެއްވި ކަމުގައި އޭނާ ވިދާޅުވިއެވެ.
"ޚާއްޞަކޮށް ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމިންގެ އެކައުންޓުން އެހެރީ 2014 އަދި 2015 ގައި ދައުރުކޮށްފައި. މިދައްކަނީ މަދު ފައިސާއެއްގެ ވާހަކައެއް ނޫން. 450 މިލިއަނެއްހާ ރުފިޔާ އެހެރީ ދައުރުކޮށްފަ. އެކަން ބަލައި ތިލަކޮށް އެވާހަކަ ތަފުސީލުކޮށް ކިޔައިދިނީމަ ނޫންތޯ އެނގޭނީ އެމަނިކުފާނު (ރައީސް ޔާމިން) ގެ އިނޮސެންޓްކަން." އަދީބުގެ އަރިސް ބޭފުޅާ ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހުގެރޭ ރައީސް ޔާމިން ބޭއްވެވި ނޫސްކޮންފަރެންސްގައި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެމްއެމްޕީއާރްސީގެ ތެރޭގައި ހިނގި ޚިޔާނާތުގައި ގެއްލުނު ފައިސާގެ ބޮޑު ބައި ހުރީ ސިންގަޕޫރުގެ ބެންކެއްގެ ތިޖޫރިއެއްގައި ކަމަށެވެ. އެ ތިޖޫރި ހުޅުވަން ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބުގެ ލޮލުގެ ރެޓިނާ ސްކޭން ބޭނުންވާ ކަމަށެވެ. އަދި އެވާހަކަ ދެއްކެވީ އޭރުގެ އޭސީސީގެ ރައީސް ހަސަން ލުތުފީ ކަމަށް ވެސް ރައީސް ޔާމިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު