ނ. މަނަދޫގައި 40 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއެވެ.
މި ރަސްމިއްޔާތުގައި މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓަރު އަޙްމަދު ވިޝާން ނަސީމެވެ. ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަންސް އަލީ ޙަމްދޫނެވެ.
މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 40.3 މިލިއަން ރުފިޔާއަށް 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން މަނަދޫގައި 700 އަކަފޫޓުގެ ދެ ފަންގިފިލާ ހިމެނޭ ރޯހައުސްތަކެއް އިމާރާތް ކުރަން ވަނީ ހަމަޖެހިފައެވެ. އޭގެ ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި ތިން ފާހާނާ ހުންނައިރު ސިޓިންރޫމާއި ބަދިގެއަކާއި ކާގެއަކާއި ލޯންޑްރީއާއި ސްޓޯރޭޖް ހުންނާނެއެވެ. އަދި އެ ސަރަހައްދުގައި ޕާކިންގ ޒޯނަކާއި ޕާކެއް ތަރައްގީކުރަން ވެސް ވަނީ ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު