290 އިމާމުން ޑިގްރީ ފެންވަރަށް ތަމްރީނު ކުރުމުގެ މަސައްކަތް މިސަރުކާރުން ކުރިއަށް ގެންދާކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގެ މިއަދު ހެނދުނުގެ ސެޝަންގައި ގައުމީ މަޖިލީހުގެ ރިޕޯރޓް ކޮންގްރެސްއަށް ހުށައަޅުއްވަމުން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވަނީ މިސަރުކާރުގެ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ އެޖެންޑާގެ ބައެއް ތަފްސީލުތައް ކޮންގުރެސްމަނުނާ ޙިއްސާކުރަށްވާފައެވެ.
އެގޮތުން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 16 މިސްކިތުގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. ހަމައެއާއެކު 15 މިސްކިތުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ މިއަދު ވިދާޅުވީ މި ސަރުކާރުން 290 އިމާމުން ޑިގްރީ ފެންވަރަށް ތަމްރީނު ކުރަމުން ދާކަމަށާއި 1599 ޤުރުއާން މުދައްރިސުންވެސް ތަމްރީނުކޮށްފައިވާ ކަމަށެވެ.
ސަރުކާރުން އިސްލާމްދީނަށް ނުހަނުބޮޑު އަހައްމިއްޔަތެއް ދެއްވާކަން ފާހަގަ ކުރަށްވަމުން ޑރ. ޢާއިޝަތު ޢަލީ އިތުރަށް ވިދާޅުވީ ރާއްޖޭގެ 180 އަށްވުރެ ގިނަ ރަށުގައި ދީނީ މައުލޫމާތު ދިނުމުގެ ސެޝަންތައް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަވާފައިވާ ކަމަށެވެ.
ހަމައެއާއެކު ޙައްޖާއި ޢުމްރާއަށް ޚާއްސަ ބިލެއް ޑްރާފްޓް ކުރަމުންދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު