ހުވަދު އަތޮޅަށް އަންނަ އަހަރު އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ހުވަދޫ އަތޮޅަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)ގެ ޚިދުމަތް ފަށާނެ ތާރީހަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ، ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އަސްލަމް ވިދާޅުވީ އަންނަ އަހަރުގެ މިހާތަނަށް ގއ، ގދ، ޏ، ސ އަދި ނ އަތޮޅަށް އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމަށްޓަކައި އަންނަ އަހަރު އެކަމަށް ބޭނުންވާ އުޅަނދުފަހަރު ބަނުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާ ތެރޭގައި ކޮންޓްރެކްޓަރާ ހަވާލުކުރެވިގެންދާނެކަމަށެވެ.

"ހުވަދޫ އަތޮޅަށް ބޭނުންވަނީ 11 ވެސަލް. މި މަސައްކަތް ކުރުމަށް މިހާރު ދެވަނަ ފޭސްގެ ކޮންޓްރެކްޓަރަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަނި މި." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

އާރްޓީއެލް މަޝްރޫޢުގެ ދަށުން ހއ އަދި ހދ އަތޮޅުގައި މިހާރު މި ޚިދުމަތް ވަނީ ފައްޓާފައެވެ. އަދި ށ އަތޮޅުގައި މި ޚިދުމަތް ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

އާރްޓީއެލްގެ ޚިދުމަތްތައް ފަސޭހަކުރުމުގެ ގޮތުން އޮންލައިންކޮށް ޓިކެޓް ނެގޭނެ އެޕްލިކޭޝަނެއް ވަނީ ބޭނުންކުރަން ފަށާފައެވެ. މިއާއެކު ދުރާލާ ޓިކެޓް ބުކް ކުރެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން