ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް މަޤާމުން ވަކިކޮށްފިއެވެ.

މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަޤާމުގައި ހުންނެވި މުހައްމަދު ހަލީމް މުސާރަ ލިބޭ ގޮތަށް ސަސްޕެންޑްކޮށްފައި ހުންނަތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. މަޖިލިހުން ހަލީމް ސަސްޕެންޑް ކުރީ ޖެނުއަރީ 27 2021 ގައެވެ.

މަޖިލީހުގެ އާންމު ކޮމިޓީން ބަލަމުންދިޔަ މައްސަލަައަކާއި ގުޅިގެން ހަލީމް ސަސްޕެންޑްްކުރި ނަމަވެސް، އެއީ ކޮން މައްސަލައެއްކަން ހާމަކޮށްފައެއް ނުވެއެވެ.

މަޖިލީޙުގެ މިއަދުގެ ޖަލްސާގައި ވަނީ އާންމު ކޮމިޓީން ބެލި މައްސަލައިގެ ރިޕޯޓަށް ވޯޓަށް އަހާފައެވެ. ހަލީމް އެ މަގާމުން ވަކި ކުރުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 25 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއް މެމްބަރަކު ވަނީ ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް ބުނެފައެވެ.

2013 ވަނަ އަހަރު އުފެއްދި މަޖިލީހުގެ އިދާރާގެ ސާޖެންޓް އެޓް އާމްސްގެ މަޤާމަކީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަގާމާ ޖެހިގެން ދެ ވަނައަށް އެންމެ އިސް މަގާމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން