އަންނަ އަހަރު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް 120 މިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީއާއި، ކަމާއި ގުޅުންހުރި އެހެން އިދާރާތަކާއި މަޝްވަރާކޮށް ބަޖެޓް ފައިނަލް ކުކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ޒަކަރިއްޔާ ވިދާޅުވީ ރިޔާސީ އިންތިހާބަށް ހަރަދުވާނެކަމަށް ލަފާކުރަނީ 120 މިލިޔަން ރުފިޔާކަމަށެވެ. އަދި އިލެކްޝަނުން ބަޖެޓް ކަނޑައަޅާފައިވަނީ އިންތިޚާބުގައި ދެބުރު ބާއްވަން ޖެހިއްޖެ ހާލަތުގައި އެކަމަށްވެސް ބެލުމަށްފަހުކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އިންތިޚާބުގެ ފުރަތަމަ ބުރަށް 95 މިލިޔަން ރުފިޔާ އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ 25 މިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.
ޒަކަރިއްޔާ ވިދާޅުވީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ބަޖެޓް މިއަދު ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެކަމަށެވެ.
ރިޔާސީ އިންތިހާބުގެ ބަޖެޓް ކަނޑައަޅާފައިވާއިރު އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ފޯރިއާއެކު ތައްޔާރުވަމުންނެވެ. ބައެއް ޕާޓީތަކުން ކެނޑިޑޭޓުން ތައާރަފްކޮށްފައިވާއިރު، ބައެއް ޕާޓީތަކުން ދަނީ ކެނޑިޑޭޓުން ކަނޑައެޅުމުގެ މަސައްކަތްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު