ރާއްޖޭގައި ދަރިމައިނުވުމުގެ މައްސަލަތައް ދިމާވެފައިވާ ރައްޔިތުންނަށް އާސަންދައިގެ ނިޒާމުގެ ތެރެއިން ފަރުވާ ކުރެވޭނެ ފަސޭހަ ގޮތެއް ހިމެނުމަށް ގޮވާލާ ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި މި ގަރާރުގައި ބުނެފައިވަނީ ދަރިމައިނުވުމުގެ މައްސަލައަށް ބޭސްފަރުވާކުރާ ފަރާތްތަކަށް ގަވައިދުން ހޯދަން ޖެހޭ އަސާސީ ބައެއް ބޭސްތައް އާސަންދައިގެ ދަށުން ނުލިބޭ ކަމަށެވެ. އަދި އެކަމަށް ޚާއްސަ ފަރުވާވެސް ރާއްޖޭން ހޯދުމަށް ތަފާތު ދަތިތައް ކުރިމަތިވާކަމަށެވެ.
މި މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް މީކާއިލް ހުށަހެޅުއްވި ގަރާރުގައި ވަނީ ގޮވާލާފަ އެވެ. އަދި ދަރިމައިނުވުމުގެ މައްސަލައިގެ ފަރުވާއަށް އާސަންދައިން ޖުމްލަ ޙައްލެއް ހޯދައިނުދެވުނު ނަމަވެސް އެކަމަށް އެކަށީގެންވާ ޙައްލެއް ހޯދައިދިނުމަށް ޤަރާރުގައި ގޮވާލާފައިވެއެވެ. އެގޮތުން ދުނިޔޭގެ ބައެއް އެހެން ގައުމުތައް ފަދައިން އައިވީއެފްގެ ވަކި ބައެއް އާސައިންދައިގެ ދަށުން ކަވަރު ކުރުމަކީ އެންމެ ރަނގަޅުގޮތެއްކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.
ދަރިމައިނުވުމުގެ މައްސަލައިގެ ފަރުވާތަކުގެ ތެރެއިން އައިވީއެފް އަކީ އެންމެ ފަހުގެ މަރުޙަލާކަން ފާހަގަކުރަށްވަމުން މީކާއިލް ވިދާޅުވީ ތަފާތު އެކި ވައްތަރުގެ ބޭސް ބޭނުން ކުރުމާއި މެޑިކަލް އަދި ސާޖިކަލް ޕްރޮސީޖާތައް މިމައްސަލައިގެ ޙައްލަކަށް އޮންނަ ކަމަށެވެ.
ދައިމައިވުމުގެ މައްސަލަތައް ކުރިމަތިވާ އެހެނިހެން ބަލިތަކަށް އާސައިންދައިގެ ދަށުން ދެވޭ ފަރުވާތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް މީކާއިލްގެ ޤަރާރުގައި ވަނީ ގޮވާލާފައެވެ. ހަމައެއާއެކު މިމައްސަލައަށް ހައްލެއް ގެނައުމަށްޓަކައި މައްސަލައާއި ގުޅޭ ރަގަނޅު ގައުމީ ފެންވަރުގެ ދިރާސާއެއް ހެދުމަށްވެސް މި ޤަރާރުގައި ގޮވާލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު