ފާއިތުވި އަހަރުތަކާއި އަޅާ ބަލާއިރު މި އަހަރު ރާއްޖެއަށް ވިއްސާރަ ކޮށްފައިވާ މިންވަރު ވަރަށް ބޮޑުތަން އިތުރު ވެފައިވާ ކަމަށާއި އެހެންކަމުން އެކަމަށް ސަމާލުވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ މިދިޔަ 30 އަހަރު ވިއްސާރަ މޫސުމުގައި ރާއްޖޭގެ އެކި އެކި ސަރަހައްދަށް ވިއްސާރަ ވެހުނު ވަރާ އަޅާ ބަލާއިރު މި އަހަރު ވިއްސާރަ ވެހުނު މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން ހުޅުލެއަށް ވާރޭ ވެހުނު މިންވަރު ފެންނަ ގްރާފެއް ހިމަނުއްވާ އެމަނިކުފާނު ވިދާޅުވީ، މޫސުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި ރާއްޖޭގައި ހިންގާ ކޮންމެ މަޝްރޫއެއްގައި އެ އަސްލު ހަދާން ކުރުން ވަރަށް މުހިންމު ކަމަށެވެ.
ރައީސް ނަޝީދު އާންމު ކުރެއްވި ގްރާފުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުސްވި ޖުލައި މަހުގައެވެ. އެމަހު 390 މިލިމީޓަރުގެ ވާރޭ ހުޅުލެއަށް ވެހިފައިވާއިރު މިދިޔަ އަހަރު އެ މުއްދަތުގައި ހުޅުލެއަށް ވެހިފައިވަނީ 110 މިލިލީޓަރުގެ ވާރެއެވެ.
ވާރޭ ވެހޭ މިންވަރާއި ގުޅޭގޮތުން އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައިވާއިރު، އެމަނިކުފާނަކީ މޫސުމާއި ތިމާވެއްޓާ ގުޅޭގޮތުން އާންމުކޮށް ދުނިޔޭގެ ފެންވަރުގައި ވެސް ވާހަކަފުޅު ދައްކަވާ، ބަސްވިކޭ ބޭފުޅެކެވެ.

Midhiya 30 aharu vissaara moosumugai Raajjege eki eki sarahadhah vissaara vehunu minvarai alhaabalaairu 2022 gai vissaara vehunu minvaru mivanee varah bodah ithuruvefa. Moosumah mivanee bodu badhalu aisfa. Alhugadumen hinga huriha project ehga mi aslu hadhaan kurun varah muhinmu pic.twitter.com/hRT9FTNK1R
— Mohamed Nasheed (@MohamedNasheed) August 31, 2022
ރައީސް ނަޝީދު އާންމު ކުރެއްވި ގްރާފުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުސްވި ޖުލައި މަހުގައެވެ. އެމަހު 390 މިލިމީޓަރުގެ ވާރޭ ހުޅުލެއަށް ވެހިފައިވާއިރު މިދިޔަ އަހަރު އެ މުއްދަތުގައި ހުޅުލެއަށް ވެހިފައިވަނީ 110 މިލިލީޓަރުގެ ވާރެއެވެ.
ވާރޭ ވެހޭ މިންވަރާއި ގުޅޭގޮތުން އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައިވާއިރު، އެމަނިކުފާނަކީ މޫސުމާއި ތިމާވެއްޓާ ގުޅޭގޮތުން އާންމުކޮށް ދުނިޔޭގެ ފެންވަރުގައި ވެސް ވާހަކަފުޅު ދައްކަވާ، ބަސްވިކޭ ބޭފުޅެކެވެ.
ކިޔުންތެރިންގެ ހިޔާލު