މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ކަރަންޓް ދޭން އަގުނަގާ ރޭޓް ހަމަހަމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.
މި ޤަރާޜު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަަސަން ޝިޔާނެވެ.
ޝިޔާން ހުށަހެޅުއްވި ޤަރާރުގައިވަނީ ފެނަކަ ކޯޕަރޭޝަނުން ހިދުމަތް ދޭ ރަށްރަށުގައި ވިޔަފާރިތަކުން ބޭނުންކުރާ ކަރަންޓަށް ބިލުކުރާ ރޭޓް ބޮޑުކަމަށާއި އެކަމުގައި މާލެއާ އެ ރަށްތަކާ ތަފާތުކަމުގެ ޝަކުވާ ވިޔަފާރިކުރާ ފަރާތްތަަކުން ކުރާކަމަށެވެ. އެގޮތުން ގެސްޓްހައުސްތައް ހިންގާ ފަރާތްތަކާއި ޑައިވްސެންޓަރުތަކާއި ހޮޓާ ރެސްޓޯރެންޓް ހިންގާ ފަރާތްތައް އަދި ކުދި ވިޔަފާރިވެރިންވެސް އެ ޝަކުވާކުރާކަމަށް އޭނާ ވިދާޅުވިއެވެ.
ޝިޔާން ވިދާޅުވީ ވިޔަފާރިތަކަށް ދިމާވާ ދަތިތަކުގެ ސަބަބުން ބިލްތައް ދެއްކުމަށް ފަހު ފައިދާވާނެ މިންވަރަށް ފައިސާ ނުހުންނަކަމަށާއި ވިޔަފާރިތައް ހިންގަމުން ދަނީ ގެއްލުމުގައިކަން ފާހަގަކޮށް ވިޔަފާރިވެރިން ޝަކުވާ ހުށަހަޅަމުންދާކަމަށެވެ.
ޝިޔާން ހުށަހެޅުއްވި ޤަރާރުގައިވާ ގޮތުން 200 ޔުނިޓާއި 300 ޔުނިޓާ ދެމެދުގެ މިންވަރަކަށް ކަރަންޓް ބޭނުންކުރާ ނަމަ މާލޭގައި ނަގަނީ ޔުނިޓަކަށް 3.65 ރުފިޔާއެވެ. ނަމަވެސް ފެނަކައިން ކަރަންޓް ދޭ ރަށްރަށުގައި ނަގަނީ 6 ރުފިޔާއެވެ. ފެނަކައިން 100 ޔުނިޓާ 200 ޔުނިޓާ ދެމެދުގެ ބޭންޑަށް 3.75 ރުފިޔާ ނަގާ އިރު މާލޭގައި ނަގަނީ 3.35 ރުފިޔާއެވެ.
ޝިޔާންގެ ޤަރާރަށް ބަހުސްކުރެއްވި ގިނަ މެމްބަރުން ވަނީ އެ ޤަރާރަށް ތާއީދުކުރައްވާފައެވެ. އެގޮތުން ވިޔަފާރިތަކުގެ އިތުރުން ރަށްރަށުގެ އާއްމު ގޭބީސީތަކުންވެސް ކަރަންޓް ބިލު ބޮޑުކަމުގެ ޝަކުވާ ހުށަހަޅަމުންދާކަމަށް މެމްބަރުން ވިދާޅުވިއެވެ.
ބައެއް މެމްބަރުން ވިދާޅުވީ ފެނަކައާއި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ އެހެން ކުންފުނިތަކުން އިތުރު ވިޔަފާރިތައްނުކޮށް، ކަރަންޓްގެ ހިދުމަތް ފުޅާކުރުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު