އިނގިރޭސި ރާނީ ކުއީން އެލިޒަބަތް 2، އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެގައުމުގެ ޝާހީ އާއިލާ އަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާނީ އެލިޒަބަތު އަވަހާރަވި ހަބަރު އެއްސެވީ ފުންހިތާމައާ އެކު ކަމަށާއި ރާނީ އެލިޒަބަތަކީ ވަފާތެރިކަމާއި ގާބިލްކަމާ އެކު ގައުމީ ހިދުމަތެއް ކުރެއްވި ވިދުންގަދަ ނަމޫނާއެއް ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި އިނގިރޭސިވިލާތުގެ ޝާހީ އާއިލާއާއި އެ ގައުމުގެ ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ފަރާތުން ރައީސް ޞާލިޙް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
96 އަހަރުފުޅުގައި ރާނީ އެލިޒަބަތު އަވަހާރަވިކަން ޝާހީ އާއިލާގެ ޓްވިޓަރއިންވެސް ވަނީ އިއުލާންކޮށްފައެވެ. އެގޮތުން ރާނީ އެލިޒަބަތު އަވަހާރަވެވަޑައިގެންފައިފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ސްކޮޓްލެންޑްގައި ހުންނަ ޝާހީ އާއިލާގެ ބެލްމޯރަލް ގަނޑުވަރުގައިކަމަށް ޝާހީ އާއިލާއިން ހާމަކޮށްފައިވެއެވެ.
ދުނިޔޭގެ އެންމެ ދުވަސްވީ އަދި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ދައުލަތުގެ ވެރިޔާގެ މަގާމުވެސް ފުރުއްވި ރާނީ އެލިޒަބަތު އިނގިރޭސިވިލާތުގެ ތަހުތަށް އިސްކުރެވުނީ އެކަމަނާގެ ބައްޕާފުޅު ރަސްގެފާނު ޖޯޖް 6، 1952 ވަނަ އަހަރުގެ ފެބްރުއަރީމަހު އަވަހާރަވުމާއި ގުޅިގެންނެވެ.

The people of Maldives join me in offering our sincere condolences to His Majesty the King and members of the @RoyalFamily and the people of the UK and the Commonwealth in this time of national mourning.
— Ibrahim Mohamed Solih (@ibusolih) September 8, 2022
96 އަހަރުފުޅުގައި ރާނީ އެލިޒަބަތު އަވަހާރަވިކަން ޝާހީ އާއިލާގެ ޓްވިޓަރއިންވެސް ވަނީ އިއުލާންކޮށްފައެވެ. އެގޮތުން ރާނީ އެލިޒަބަތު އަވަހާރަވެވަޑައިގެންފައިފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ސްކޮޓްލެންޑްގައި ހުންނަ ޝާހީ އާއިލާގެ ބެލްމޯރަލް ގަނޑުވަރުގައިކަމަށް ޝާހީ އާއިލާއިން ހާމަކޮށްފައިވެއެވެ.
ދުނިޔޭގެ އެންމެ ދުވަސްވީ އަދި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ދައުލަތުގެ ވެރިޔާގެ މަގާމުވެސް ފުރުއްވި ރާނީ އެލިޒަބަތު އިނގިރޭސިވިލާތުގެ ތަހުތަށް އިސްކުރެވުނީ އެކަމަނާގެ ބައްޕާފުޅު ރަސްގެފާނު ޖޯޖް 6، 1952 ވަނަ އަހަރުގެ ފެބްރުއަރީމަހު އަވަހާރަވުމާއި ގުޅިގެންނެވެ.

JOR
COD
CRO
ކިޔުންތެރިންގެ ހިޔާލު