އަހުމަދު މަސްނޫމް   10 ސެޕްޓެމްބަރު 2022 - 14:42
ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ފެރީ ޚިދުމަތަށް އިތުރު 65 ފެރީ ބަނުމަށް ތައްޔާރުވަމުންދާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ސަރުކާރުން އެމްޓީސީއާ ހަވާލުކޮށްފައިވާގޮތަށް އިތުރު ޒޯންތަކުގައި ފެރީގެ ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން ޒޯންތަކަށް ބޭނުންވާ ފެރީތައް ބަނުމަށް ހަވާލުކުރުމުގެ މަރުޚަލާގައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ފެރީ ޚިދުމަތަށް އިތުރު 65 ފެރީ ބަނުމަށް ކޮންޓްރެކްޓަރުންނާއި ހަވާލުކުރާނެކަމަށެވެ.

"އިތުރު 65 ފެރީ ބަނުމުގެ މަސައްކަތުގައި ސޮއިކުރާ ހިސާބަށް މިވަނީ ގޮސްފަ. މި ފެށޭ ހަފްތާގައި ސޮއިކުރެވޭނެކަމަށް ބަލަނީ." އާޒިމް ވިދާޅުވިއެވެ.

ޤައުމީ ފެރީ ނިޒާމު، ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތް ފުރަތަމަ ފެށީ މިއަހަރގެ ޖޫންމަހުއެވެ. އެ ހިދުމަތް ފުރަތަމަ ފެށީ ޒޯން 1 ގެ ހދ.އަތޮޅުގައެވެ. އަދި މިހާރު މިވަނީ ޒޯން 1ގައި ހިމެނޭ ހއ. އަދި ށ.އަތޮޅަށްވެސް މި ޚިދުމަތް ފަށާފައެވެ.

ޒޯން 1ގެ ޚިދުމަތުގައި އާރްޓީއެލް 17 ފެރީ އަންނަނީ ބޭނުންކުރަމުންނެވެ.

ޒޯން 1ގައި ޚިދުމަތް ދިނުމަށް ބޭނުންވާ ލޯންޗުތައް ބަނދެފައިވަނީ ގަލްފް ކްރާފްޓާ ހަވާލުކޮށްގެން ރާއްޖޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން