ރާއްޖޭގައި 6 ބައްޔެއް ހަލުވި ކަމާއެކު ފެތުރޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިއަދު ބުނެފައިވަނީ ރާއްޖޭގައި މިވަގުތު 6 ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާކަމަށެވެ. އެހެންކަމުން އެ ބަލިތަކާމެދު ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެއެވެ.
މިވަގުތު ރާއްޖޭގައި ހުމާއި ރޯގާ، ފާނަބަސަންދު، ހޭންޑް އެންޑް ފުޑް މައުތް، ލޮލު ރޯގާ، ބޭރަށް ހިންގުން އަދި ޑެންގީ ހުން ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ.
"މި ބަލިތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު." އެޗްޕީއޭއިން ބުނެފައިވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީއާއި، އަރިދަފުސް ރޯގާއާއި، ހޮޑުލުމާއި ބޭރަށް ހިންގާތީ ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.
ކޮންމެ އަހަރަކުވެސް ވިއްސާރަ ދުވަސްވަރު މަދިރިން ޖެހޭ އާންމު ބަލިތައް އިތުރުވާތީ މަދިރި އުފެދޭ ތަންތަން ނައްތާލުމަށާއި ސާފުތާހިރުވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް ހާއްސަ އިސްކަމެއް ދިނުމަށް އެޗްޕީއޭ އިން މީގެ ކުރިންވެސް އިލްތިމާސްކޮށްފައިވެއެވެ.

މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ބަލިތަކާމެދު ސަމާލުވޭ! މި ބަލިތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު. pic.twitter.com/oHzCz0DndA
— Health Protection Agency (@HPA_MV) September 12, 2022
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީއާއި، އަރިދަފުސް ރޯގާއާއި، ހޮޑުލުމާއި ބޭރަށް ހިންގާތީ ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.
ކޮންމެ އަހަރަކުވެސް ވިއްސާރަ ދުވަސްވަރު މަދިރިން ޖެހޭ އާންމު ބަލިތައް އިތުރުވާތީ މަދިރި އުފެދޭ ތަންތަން ނައްތާލުމަށާއި ސާފުތާހިރުވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް ހާއްސަ އިސްކަމެއް ދިނުމަށް އެޗްޕީއޭ އިން މީގެ ކުރިންވެސް އިލްތިމާސްކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު