ގައުމީ ޔުނިވާސިޓީ، އެމްއެންޔޫ އާއި ވިލާ ހޮޓެެލްސް އެެންޑް ރިސޯޓްސް ގުޅިގެން ޓޫރިޒަމް ދާއިރާއަށް މީހުން ބިނާކުރުމުގެ ހަރަކާތްތައް ހިންގުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ވިލާ ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓާ އޮފް ޓެލެންޓް އެންޑް ކަލްޗާ މުހައްމަދު އާލިމްއެވެ. އެމްއެންޔޫގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާރ އައިޝަތު ޝެހެނާޒްއެވެ.

މި އެއްބަސްވުމުގެ ދަށުން ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް އާއި ވިލާ ހޮޓެެލްސް ގުޅިގެެން ޓޫރިޒަމް ދާއިރާއިން ކިޔަވާ ކުދިންނަށް ސްޓްރަކްޗާޑް އިންޓާންޝިޕް ޕްރޮގްރާމުތަކާއި ދާއިމީ ވަޒީފާގެ ފުރުސަތުތައް ފަހިކުރެވިގެންދާނެެއެެވެެ. މީގެއިތުރުން ދާއިރާގެ ތެރެއިން ލިބެންހުރި ފުރުސަތުތައް ދަރިވަރުން ފަހިކޮށްދޭނެ ކަމަށްވެސް ވިލާ ހޮޓެލްސްއިން ބުނެއެވެ.

ވިލާ ހޮޓެލްސްއިން ބުނީ މިއީ ވިލާ ހޮޓެލްސްއަށް މުވައްޒަފުން ހޯދަން ކުރާ މަސައްކަތެއް ނޫން ކަމަށާއި މިއީ މުޅި ރާއްޖެއަށް ފައިދާހުރި ގޮތަކަށް މީހުން ބިނާކުރަން ކުރާ މަސައްކަތެއް ކަމަށެވެ.

އެމްއެންޔޫއިން ބުނީ މި އެމްއޯޔޫގެ ދަށުން އިންޓާންޝިޕް ފުރުސަތުތަކުގެ އިތުރުން އެމްއެންޔޫއިން ބާއްވާ ޖޮބް ފެއާތަކާއި އެ ޔުނިވާސިޓީގެ މުވައްޒަފުންނަށްވެސް ރިސޯޓުން ތަމްރީނުވުމުގެ ފުރުސަތުތައް ލިބިގެންދާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން