ޒުވާނުން ބިނާކުރުމަށް ޔޫތު މިނިސްޓްރީން އާރުޑީސީއާއެކު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ 3000 ޒުވާނުން ތަމްރީނުކޮށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތައް ގުޅިގެން ޤައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ.

ޔޫތް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ތެރެއިން ތަމްރީނު ދޭ އިންސްޓިޓިއުޓްގެ ހަރަދު ހަމަޖައްސަވައިދެނީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް، ކޮމިއުނިޓީ އެންޑު އެމްޕަވަރމަންޓްގެ ފަރާތުންކަމަށެވެ.

އާރު.ޑީ.ސީ އެޕްރެންޓިޝިޕް ޕްރޮގްރާމުގައި 65 ޒުވާނުންނަށް ފުރުސަތު ދޭނެކަމަށާއި އެޒުވާނުންނަށް ކުރާ މަސައްކަތާއި އެކަށީގެންވާ އެލަވަންސެއް ކުންފުނިން ހަމަޖައްސަދޭނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.



މިއީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޒުވާނުންގެ ތެެރެއިން ހަވާސާގައި ދިރިއުޅޭ ޒުވާނުންނާއި އަދި ޖުމްލަކޮށް ދެޖިންސުގެ ޒުވާނުންނަށް އަމާޒްކޮށްގެން ތަފާތު ހުނަރުތައް ދަސްކޮށްދީ، ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވައި، އަދި ޒުވާނުންނަކީ ޤައުމުގެ އިޤްތިސާދީ ތަރައްޤީއާއި އިޖްތިމާއީ ހަމަޖެހުމަށް މަސައްކަތްކުރާ ބަޔަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ޒުވާނުންނަށް މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ޔޫތު މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ޔޫތު މިނިސްޓްރީން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން މިހާތަނަށް 11 ކުންފުންޏެއްގައި 250 އަށްވުރެ ގިނަ ޒުވާނުން ވަނީ ޕްރޮގްރާމުގައި ފުރިހަމަކޮށްފައެވެ.

މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް، ކޮމިއުނިޓީ އެންޑު އެމްޕަވަރމަންޓާއި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓު އޮތޯރިޓީ (މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން) ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން