އިބްރާހިމް ފަހީމް   15 ސެޕްޓެމްބަރު 2022 - 19:52
އައްޑޫ ސިޓީ ފިހާރައެއްގައި އަލިފާން ރޯކޮށްލި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން މިއަދު ވީޑިއޯއެއް އާންމު ކުރަމުން ބުނެފައިވަނީ، އެ ވީޑިއޯގައި ފެންނަ މީހަކީ މިމަހުގެ ފަސްވަނަ ދުވަހު އައްޑޫސިޓީ ހިތަދޫގައި ހުންނަ ބްލޮސަމަ ފިހާރައިގައި އަލިފާން ރޯކޮށްލާފައިވާ މައްސަލާގައި ހޯދަމުން އަންނަ މީހެއް ކަމަށެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ހުރީ މޫނު ނިވާކޮށްގެނެވެ. އަދި އޭނާ ވަނީ އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި، ޕެޓްރޯލް ކަމަށް ބެލެވޭ ޒާތުގެ އެއްޗެއް ފިހާރައަަށް އަޅާފައެވެ.

މޫނު ނިވާކޮށްގެން ހުރި އެމީހާއަކީ ކާކުކަން މިހާތަނަށް ފުލުހުންގެ ތަހުގީގަށް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



މި މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު