މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުމަށް ޔުނައިޓެޑް ސްޓޭޓްސް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ) އިން އެންވަޔަރަމެންޓް މިނިސްޓްރީއާއެކު 2.4 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މިއީ ޔޫ އެސް އެއިޑްގެ ފަރާތުން މިއަހަރު ސޮއިކުރި ހަތަރު ވަނަ ހިލޭއެހީގެ އެއްބަސްވުން ކަމަށާއި އަދި މިއީ މިފަދަ މަސައްކަތްތައް ކުރުމަށް ދިވެހި ސަރުކާރާއެކު ސޮއިކުރި ފުރަތަމަ އެއްބަސްވުން ކަމަށެވެ.
މިއަދު ސޮއިކުރި ހިލޭއެހީގެ އެއްބަސްވުމުގެ ދަށުން ބ. ގޮއިދޫގެ ކުޅިއާއި ޗަސްބިމާއި، ގޮއިދޫ، ފުޅަދޫ ފެހެންދޫ ހިމެނޭގޮތަށް ގޮއިދު އަތޮޅުގެ ފަރުތައް ރައްކާތެރިކޮށް، ބެލެހެއްޓުމަށް އެކި ދާއިރާތަކުން، ގުޅިގެން މަސައްކަތްކުރުމަށް އެހީވެދޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތުދެއެވެެ.
ޔޫ.އެސް އެއިޑް އާއިއެކު ރާއްޖެއިން ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އިޖުތިމާއި އަދި އިގުތިސާދީ ގިނަގުނަ ފައިދާ މުޖުތަމައުއަށް ފޯރުކޮށްދޭނެ އިކޯ-ޓުއަރިޒަމްގެ މޮޑެލެއް ގާއިމުކޮށް، ޕަބްލިކް-ޕްރައިވެޓް ޕާރޓްނަރޝިޕް ކުރިއަރުވައި، ބ.ގޮއިދޫ ކުޅިއާއި ޗަސްބިމާއި، ގޮއިދު އަތޮޅުގެ ފަރުގެ ނިޒާމު މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި މޮޑެލެއްގެ ގޮތުގައި ތަރައްގީކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ
ރާއްޖޭގެ އިގުތިސާދު ވަނީ މުރަކަ ފަރުތަކާ ގުޅިލާމެހިފައި ކަމަށާއި، ސަރުކާރުން ދަނީ މިފަދަ މުހިއްމު ގުދުރަތީ މާހައުލުތައް ހިމާޔަތްކޮށް ރައްކާތެރި ކުރަމުން ކަމަށެެވެ. އަދި ރީތި ކުޅިފަލާ، ޗަސްބިމާ، މޫދު ވިނައިގެ ބަގީޗާތަކުގައި ގުދުރަތީ ވެއްޓާގުޅޭ މުނިފޫހިފިލުވުމުގެ އިންތިޒާމްތައް ގާއިމުކުރެވޭނޭ ގޮތްތައް ވެސް ބަލަމުންދާ ކަމަށާއި ކުޅިފަލާ ޗަސްބިމުގެ ރީތިކަމަކީ އެކަމުގެ ސަބަބުން ދިވެހި އަދި ބޭރުގެ ފަތުރުވެރިން އެސަރަހައްދުތަކަށް ޝައުގުވެރިކުރުވާ ކަމެއް ކަމަށްވެސް މިނިސްޓަރ ޝައުނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގުދުރަތީ ވެށި ރައްކާތެރިކޮށް، އެ ސަރަހައްދުތަކުން ދެމެހެއްޓެނެވި ގޮތެއްގައި އާމްދަނީ ލިބޭނޭ ގޮތްތައް ފަހިވުމަކީ ހަމައެކަނި ތިމާވެއްޓަށް ލިބޭނޭ ކުރިއެރުމެއް ނޫން ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ އިގުތިސާދަށާއި، ވަކިން ހާއްސަކޮށް ދިވެހި ރައްޔިތުންނަށް ލިބޭނޭ ކުރިއެރުމެއް." ޝައުނާ ވިދާޅުވި އެވެ.
ޔޫ.އެސް. އެއިޑްގެ ކްލައިމެޓް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން މިއަހަރު ހަވާލުކޮށްފައިވާ ހަތަރުވަނަ ހިލޭއެހީގެ މި އެކްޓިވިޓީއަކީ 5 އަހަރުގެ މުއްދަތަށް ހިންގާ، 10.5 މިލިއަން ޑޮލަރުގެ އެކްޓިވިޓީއެއް ކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު