ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހުރިހާ ބްރާންޗްތަކެއް ހިމެނޭގޮތަށް ސާފުކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ފެނަކައިން މިއަދު ބުނީ ސާފުކުރުމުގެ މި ޙަރަކާތުގައި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ އެކުންފުނީގެ 156 ފެނަކަ ބްރާންޗްގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށެވެ. މިޙަރަކާތް ހިންގާފައިވަނީ މިއަދު ހެނދުނު 07:00 ން މެންދުރުފަހު 16:00 އާ ދެމެދުއެވެ.

ފެނަކައިން ބުނީ މިޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ކުންފުނިން ޚިދުމަތްދޭ ބްރާންޗްތަކުގެ މުވައްޒަފުން މަސައްކަތްކުރަމުންދާ މާޙައުލަކީ ސާފުޠާހިރު، އަދި އެތަންތަނުގައި ކޮންމެހެން ހިފަހައްޓަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ހިފެހެއްޓިފައިވާ ތަންތަނުގެ ގޮތުގައި ކަށަވަރުކުރުން ކަމަށެވެ.

ހަމައެއާއެކު ކުންފުނީގެ އަމާޒަކީ އެކުންފުނީގެ ޚިދުމަތްދޭ ބްރާންޗްތަކަކީ އެރަށެއްގައި ދިރިއުޅެމުންދާ އާއްމު ރައްޔިތުންނާއި ކުންފުނީގެ ހީވާގި މުވައްޒަފުންނަށް ރައްކާތެރި އަދި މަސައްކަތުގެ ފެންވަރު އެންމެ ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވޭ ފެންވަރުގެ ތަންތަންކަމުގައި ދެމެހެއްޓުން ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.

މިޙަރަކާތުގެ ތެރެއިން ފެނަކަ އޮފީސް ހިންގާ ސަރަހައްދުތަކުގެ އިތުރުން ރަށުގައި ފާހަގަ ކުރެވިފައިވާ އެހެނިހެން ސަރަހައްދުތައްވެސް ސާފުކުރެވިގެން ދާނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިން ބުނީ ތިމާވެށި ހިމާޔަތްކުރުމަކީ ޤައުމެއް ނުވަތަ ރަށެއް ނުވަތަ ވަކި ޚާއްޞަ ތަނެއް ކުރިއެރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. ހަމައެއާއެކު ތިމާވެއްޓަކީ އަހަރެމެންގެ ވަށައިގެންވާ މާހައުލަށްވެފައި ތިމާވެށި ހިމާޔަތް ކުރުމަކީ ރަށުގެ އެންމެންގެ ނުވަތަ އެތަނެއްގައި އުޅޭ އެންމެންގެ ޒިންމާއެއް ކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން