އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އަދި ޖަމާލުއްދީން ސްކޫލުގެ އެނެކްސް އިމާރާތުގެ ޑިޒައިންގ އެންޑް ބިލްޓްގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއެވެ.

‏މި މަސައްކަތް ހަވާލުކުރީ 420 ދުވަސްތެރޭގައި ނިންމާގޮތަށް، 168،525،150.92 ރުފިޔާއަށެވެ.



އެޑިއުކޭޝަން މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ އެ ސްކޫލް އިމާރާތް ކުރެވޭނީ ޢަރަބި ތާއުލީމް ރަމްޒުކޮށްދޭ ގޮތަކަށް ކަމަށެވެ. އަދި އަލަށް އިމާރާތް ކުރާ ސްކޫލްތަކަކީ 1000އާއި 1500އާ ދެމެދުގެ އަދަދެއްގެ ކުދިންނަށް އެއްފަހަރާ ކިޔެވޭނެ ސްކޫލްތަކަށް ހެދުމަށް މަސައްކަތް ކުރާނެކަމަށް މިނިސްޓްރީން ވަނީ މީގެކުރިން ހާމަކޮށްފައެވެ.

އަރަބިއްޔާގެ އައު އިމާރާތް ބިނާކުރުމުގެ މަސައްކަތް ފެށީ 2013ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޗާނދަނީމަގު އަމީނިއްޔާ ކުރިމަތިން ހުޅުވި އަރަބިއްޔާ ސްކޫލްގެ ޢިމާރާތުގެ ބޮޑުބައެއްގައި ރެނދުލައި އެތަނަކީ ދަރިވަރުން ތިބުން ރައްކާތެރި ތަނެއް ނޫންކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން އެ ސްކޫލްގެ ބެލެނިވެރިން އުފުލުމުންނެވެ.

ހަތްސަތޭކައެއްހައި ދަރިވަރުން ކިޔަވަމުން އަންނަ ޢަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދެމުން އަންނަ ހަމައެކަނި ސްކޫލެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން