އިބްރާހިމް ފަހީމް   30 ސެޕްޓެމްބަރު 2022 - 2:32
ގިނަ އަދަދެއްގެ މީހުންނާއިއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ދައުލަތުން ދައުވާކުރި، ބަންގްލަދޭޝްގެ އަލަމްގީރު 2 އަހަރާއި 9 މަހުގެ މުއްދަތަކަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

ދައުލަތުން އަލަމްގީރުގެ މައްޗަށް އުފުލި އޮރިޔާންކާޑު ހެދުމުގެ ސާޅީސް ދައުވާގެ އަޑުއެހުން މިއަދު ވަނީ ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައެވެ. ސާޅީސް ދައުވާއަށް ވެސް އޭނާ މީގެ ކުރީގެ އަޑުއެހުމެއްގައި ވަނީ އިއުތިރާފު ވެފައެވެ.

ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ، ސާބިތުވި 40 ދައުވާގެ ތެރެއިން ދެދައުވާއަކަށް ތަންފީޒު ކުރަން ޖެހޭ ހުކުމް ތަންފީޒުކޮށް ނިމިފައިވާ ކަމަށާއި އަދި ތިން ވަނަ ދައުވާގައި އިއްވި ހުކުމުން 25 ދުވަސް ތަންފީޒުކޮށް ނިމިއްޖެ ކަމަށެވެ. އެހެންކަމުން ތިން ވަނަ ދައުވާ އިން އަލަމްގީރު ތަންފީޒު ކުރަން ޖެހޭނީ ދެދުވަހެވެ. އަދި އެއާއިއެކު އޭނާ ތަންފީޒު ކުރަން ޖެހޭނީ 38 މައްސަލައިގެ ހުކުމެވެ.

އަލަމްގީރު ވަނީ ދިވެހީންނާއި ބިދޭސީން ވެސް ހިމެނޭހެން ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ އެ މަންޒަރުތައް ވީޑިއޯކޮށް ފޮރުވައިގެން ގެންގުޅެފައެވެ. އަލަމްގީރާއެކު ގުޅުން ހިންގި މައްސަލާގައި މިހާތަނަށް ތިން މީހަކަށް ދަޢުވާ އުފުލާފައިވެއެވެ. އެއީ ޤާނޫނީވަކީލް ނާޒިމް އަބްދުއްސައްތާރާއި ކުރީގެ މެންބަރު ނަޝީދުގެ އިތުރުން ފުލުހުންގެ ޑީއީޑީގައި މަސައްކަތްކުރި އަބްދުއްރަހްމާން ރަފީއުގެ މައްޗަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން