ރާއްޖޭގެ ކަނޑުގެ އެކި ހިސާބުތަކުގައި ގާއިމު ކޮށްފައިވާ ކަނދުފަތިތަކުން، އެކިއެކި ސަބަބުތަކާހުރެ ކަނޑައިގެން ގޮސްފައިވާ އޮއިވާލި ކަނދުފަތިތައް ގާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ފަށައިފިއެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ދޮށީގެ މަސްވެރިކަމަށް ހާއްސަކޮށް ގާއިމްކޮށްފައިވާ ކަނދުފަތީގެ ވިޔުގައިން އެކި ސަބަބުތަކާ ހުރެ ކަނޑައިގެން ގޮސްފައިވާ އޮއިވާލި ކަނދުފަތިތައް ގާއިމްކުރުމުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހު ފަށައިގެން ކުރިއަށް ދާކަމަށެވެ.

މި މަސައްކަތުގެ ތެރެއިން މ. ތ. ގއ. ގދ އަދި ޏ އަތޮޅުން ކަނޑައިގެންގޮސްފައިވާ 5 ކަނދުފަތި އަލުން ގާއިމު ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ދޮށީގެ މަސްވެރިކަމަށް ފަހި ކުރުމުގެ ގޮތުން ގާއިމު ކޮށްފައިވާ ކަނދުފަތިތަކަށް ބައެއް ފަރާތްތަކުން ގަސްދުގައި ގެއްލުންދީހަދައެވެ. އެހެންކަމުން އެ ތަކެއްޗަށް ގެއްލުން ނުދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި އޮއިވާލި ކަނދުފަތީގެ ވިޔުގައިގައި ހިމެނޭ އެއްވެސް ކަނދުފައްޗެއްގެ ވަށައިގެންވާ 3 މޭލު ސަރަހައްދުގައި އާންމުކޮށް ދިވެހިންކުރާ ކަނޑުމަހުގެ ދޮށީގެ މަސްވެރިކަން ފިޔަވައި އެހެން ބާވަތެއްގެ މަސްވެރިކަމެއް ނުކުރުމަށް ވެސް މިނިސްޓްރީން އެދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން