ޅ. ހިންނަވަރުގައި މިއަދު ވޮލީ ކުޅެންހުރި ޒުވާނަކު ކުއްލިއަކަށް ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ އެރަށު ޒުވާނެއް ކަމަށްވާ އަބްދުﷲ މުބްތަދާއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވެއްޓުނީ މިއަދު ހަވީރު ހިންނަވަރު ސްކޫލްގެ ފުޓްސަލް ދަނޑުގައި ކުރިއަށްދިޔަ ހިންނަވަރު ޕޮލިސް އާއި ފެލިވަރު ޓިމު ބައްދަލުކުރި މެޗް ތެރެއިންނެވެ. އޭނާ ވެއްޓުމާއިއެކު އޭނާ ހޭނެތިފައިވާކަން އެނގުމުން ވަގުތުން އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި އަދި ފަރުވާ ދިނުމަށް ނައިފަރު ހޮސްޕިޓަލަށް ވެސް ގެންދިޔަކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް، އޭނާ ނިޔާވީ ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިންކަމެއް ނުވަތަ ފަހުންކަމެއް އަދި ސާފުވާގޮތެއް ނުވެއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ސާފު ކޮށްލުމަށް ކައުންސިލްގެ ބައެއް ބޭފުޅުންނާ ގުޅާލުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތު ސާފުވާގޮތް ވަނީ ނުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން