ސްކޫލްތަކުން އެކިއެކި ދުވަސްތަކާއި މުނާސަބަތުތައް ފާހަގަ ކުރުމަށް ކުރާ ހޭދަތައް މަދުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޢަލީ، ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އެކިއެކި މުނާސަބަތުތަކާ ގުޅުވައިގެން ފާހަގަކުރާ އެކިއެކި ދުވަސްތައް ފާހަގަކުރުމަށް ބޮޑެތި ހޭދަތައް ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި މި ގޮތަށް ދުވަސްތައް ފާހަގަ ކުރުމަށް ބޭނުންވާ ފައިސާ ސްކޫލްތަކުގެ ޕީޓީއޭ މެދުވެރިކޮށާއި އެކި ފަރާތްތަކުން ހިލޭ އެހީ އާއި ސްޕޮންސަރުގެ ގޮތުގައި ހޯދާކަން ފާހަގަ ކުރެވޭ ކަމަށެވެ.
އަދި އެކަމުގެ ޝަކުވާ މިނިސްޓްރީއަށް ހުށަހެޅެމުން ދާކަމަށާއި އެފަދަ ކަންކަމަށް ހޭދަކުރުމަށް ބެލެނިވެރިން މެދުވެރިކޮށް އެހީގެ ގޮތުގައި ފައިސާ ހޯދުމާއި ބެލެނިވެރިން ލައްވައި ބޮޑެތި ހޭދަތައް ކުރުވުމަކީ މިނިސްޓްރީން އެއްވެސް ވަރަކަށް ތަރުހީބުދޭ ކަމެއް ނޫންކަމަށް މިނިސްޓަރުގެ ސިޓީގައިވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވެފައި ވަނީ މި ގޮތަށް ކުރެވޭ ކަންކަމުގެ ސަބަބުން އެއް ކްލާހެއްގައި ކިޔަވާ ދަރިވަރުންގެ މެދުގައި އަޅާކިޔުމާއި ދޭދޭ ސްކޫލްތަކުން ކުރާ މިފަދަ ކަންކަމުގެ ސަބަބުން ސްކޫލްތައް އަޅާކިޔުމަށް މަގުފަހިވެ ތަފާތުކުރުންތައް އިތުރުވުމަށް މަގުފަހިވާކަމަށެވެ.
އެހެންކަމުން، ހޭދަތައް ކުރުމުގައި އިގްތިސާދު ކުރުމަށް ދަރިވަރުންނާއި ބެލެނިވެރިންނަށް ބާރުއަޅައި ހިތްވަރު ދޭން ޖެހޭ ކަމަށާއި މުޅި ދުނިޔެ އިގްތިސާދީ ބަނަ ވިލާގަނޑެއްގެ ތެރޭގައި އޮތް މިފަދަ ދުވަސްވަރެއްގައި ހަރަދު ކުޑަ ކުރުމާއި އިސްރާފުކުރުން މަދުކުރުމަށް ދަރިވަރުންނަށް ދަސްކޮށްދީ ހިތްވަރު ދިނުމުގައި ތައުލީމީ ނިޒާމުގެ ތެރެއިން ނަމޫނާ ދެއްކިދާނެކަމަށް ސިޓީގައި ޕްރިންސިޕަލުންނަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު