އެމްޑީޕީން ވާދަކުރި 5 އިންތިހާބުގެ ތެރެއިން 4 އިންތިހާބު ކާމިޔާބު ކުރެވުމަކީ ރައްޔިތުންގެ އިތުބާރު ސަރުކާރަށް އޮތްކަމުގެ ސާފު ހެއްކެއް ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެެވެ.

މަހުލޫފް މިހެން ވިދާޅުވީ މިއަދު ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ހަތަރު ބައި އިލެކްޝަންގެ ތެރެއިން ދެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބު ކުރުމާ ގުޅިގެން ދެއްވި ވީޑިއޯމެސެޖެެއްގައެވެ. އެމްޑީޕީން 2 ރަށުގެ ބައި އިލެކްޝަން ކާމިޔާބުކުރުމާއި ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ އެކަމުން ދައްކުވައިދެނީ ރައީސް ސޯލިހް ރާއްޖޭގެ އެކިކަންކޮޅުތަކަށް ގެންނަ ތަރައްގީ ރައްޔިތުން ބަލައިގަންނަކަން ކަމަށެވެ.

އަދި މިދާގޮތަށް ގޮސް އަންނަ ރިޔާސީ އިންތިހާބުގައި ވެސް ރަނގަޅު ނަތީޖާއެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.



މަހުލޫފު ވިދާޅުވީ ބައި އިލެކްޝަންތައް ކާމިޔާބުކުރުމަށް އެމްޑީޕީން މަސައްކަތް ފެށިފަހުން، ވާދަކުރި 5 އިންތިހާބުގެ ތެރެއިން 4 އިންތިހާބު ކާމިޔާބު ކުރެވުމަކީ ރައްޔިތުންގެ އިތުބާރު ސަރުކާރަށް އޮތްކަމުގެ ސާފު ހެއްކެއް ކަމަށެވެެ.

"އަޅުގަނޑުމެންނަށް މިއޮތީ ވާދަކުރި ފަސް ގޮނޑިން ހަތަރު ގޮނޑި ލިބިފަ. އެހެންވީމަ 4-1 ކުރީގައި މިއޮތީ އަޅުގަނޑުމެން.،" ބައިއިލެކްޝަންތައް އެމްޑީޕީ އަށް ކާމިޔާބު ކޮށްދިނުމަށް ކެމްޕޭންތަކުގައި އިސްކޮށް އުޅުއްވާ މަހުލޫފް ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބޭއްވި ބައި އިލެކްޝަން ތަކަކީ ށ. މާއުނގޫދޫ ކައުންސިލަށް މެމްބަރަކު އިންތިހާބު ކުރުމަށާއި، ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިންތިހާބުކުރުމަށް ބޭއްވި ބައި އިލެކްޝަންގެ އިންތިޚާބެވެެ.

މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00 އަށް ކުރިއަށް ގެންދިޔަ މި ބައި އިލެކްޝަންތަކުގެ ތެރެއިން އެމްޑީޕީން ކާމިޔާބުކުރީ މާއުނގޫދޫ އަދި ދަނބިދޫ ބައި އިލެކްޝަނެެވެ. ޕީޕީއެމުން ވަނީ ރަސްމާދޫއާއި ތ. ގުރައިދޫ ބައި އިލެކްޝަން ކާމިޔާބުކޮށްފައެެވެ.

މިއަދުގެ މި ބައި އިލެކްޝަންތަކުގައި ޖުމުލަ ހަ ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން