މާލޭގެ މަޖީދީމަގުގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އަނިޔާވި މީހަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިދިޔަ މީހެއްގެ ގައިގައި ކާރެއް ޖެހިގެނެވެ. އަދި އެ ހާދިސާ ހިނގިތަނުގައި ބިންމަތީ ލޭ ވެސް ހުރިކަމަށް އެ ސަރަހައްދުގައި ތިބި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ފުލުހުން މިރޭ ބުނީ، މަޖީދީމަގުގައި ހިނގާފައިދިޔަ މީހެއްގެ ގައިގައި ކާރަކުންޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި ކަމަށެވެ.

އަދި އެ ހާދިސާގައި އަނިޔާވެފައިވަނީ ފިރިހެނަކަށް ކަމަށާއި، އައިޖީއެމްއެޗަށް ގެންގޮސް އޭނާއަށް ފަރުވާ ދެމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާގައި އަނިޔާވީ ބިދޭސީއަކަށް ކަމެއް ނުވަތަ ދިވެއްސަކަށް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން